ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީކާއީލްގެ ބަހުގެ ހަމަލާތަކެއް އިމްރާނަށް: މައާފަށް އެދުމާއެކު އިސްތިއުފާ ދޭން ޖެހޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ އަމަލުތަކަކީ ކުޑަ ކަމެއް ކަމުގައި ދޭހަވާ ގޮތަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެހެން ޤައުމެއް ނަމަ، ފެނުނީހީ މަޢާފަށް އެދިވަޑައިގަތުމާއެކު މަޤާމުން އިސްތިއުފާދެއްވާ މަންޒަރު ކަމުގައި ރައްޔިތުން މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލާގައި ބަހުސްކުރައްވަމުން މީކާއިލް ވިދާޅުވީ، ޖިންސީ ކުށުގެ އަމަލެއް ހިންގުމުން އެކަމަކީ ކުޑަކަމެއް ކަމަށް ފުލުހުންނާއި ހަވާލުވެ ހުންނަވާ މިނިސްޓަރު ވިދާޅުވުމަކީ މިފަދަ ކަންކަަމަށް ދެވޭ ހިތްވަރެއް ކަމަށެވެ.

“މީހަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގީމައި، ފުލުހުންގެ މިނިސްޓްރީއާއި ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނަ މިނިސްޓްރީގެ ވަޒީރު އެއީ ކުޑަކަމެއް ކަމުގައި ވިދާޅުވީމައި އަޅުގަނޑަށް ހީވަނީ ޖުމްލަ ގޮތެއްގައި މިކަހަލަ އަމަލުތަކަށް ހިތްވަރުދެވޭހެން.” މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މަގާމުތަކުގައި ތިއްބަވާ ބޭބޭފުޅުންގެ ވާހަކަތަކާ އަމަލުތައް ބައްޓަންކުރައްވާ ގޮތާއި މެދު ކުރިއަށް ވުރެއްވެސް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.

“އެހެންނަމަވެސް އެހެން ޤައުމެއްގައި ނަމަ އަޅުގަނޑުމެންނަށް ފެންނާނީ މަޢާފަށް އެދުމާއެކު ރައީސްގެ އަތްޕުޅަށް އިސްތިއުފާގެ ސިޓީދެއްވާތަން” މީކާއީލް ވިދާޅުވިއެވެ.

އާމިނަތު ވަހީދާއަށް ދެމުންދާ ހަމަލާތަކަކީ އޭނާ ވަކި މިންތިއަކަށް ނުވަތަ ޖިންސަކަށް ނިސްބަތާވާތީ ދޭ ހަމަލާތަކެއް ކަމުގައި މީކާއީލް ވިދާޅުވިއެވެ. އަދި ފަސް ފަހަރެއްގެ މަތިން އާމިނަތު ވަޙީދާއަށް ހަމަލާދީފައިވާއިރު، އެކަން ތަހުގީގުކުރެވި އެކަންކުރާ މީހާއަށް ފިޔަވަޅު ނޭޅުމުން އެނގެނީ މިފަދަ ކަންކަމަށް ތަހުގީގީ އިދާރާތަކުން ދޭ އަހަންމިއްޔަތުކަން ކަމުގައިވެސް މީކާއީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: