ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ވަޒީރުންނަށް ސަނާ ކިޔާ ވަރުގެ ބަޖެޓެއް ނޫން: މެންބަރު ވަހީދު

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ސަނާ ކިޔާ ވަރުގެ ބަޖެޓެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ވަހީދު ވިދާޅުވީ ބަޖެޓާއި ގުޅޭގޮތުން ސަރުކާރުގެ ވަޒީރުން ވަރަށް އުފާފުޅުވާނެ ގޮތްގޮތަށް މަޖިލީހުގައި ވާހަކަ ދެއްކިދާނެ ކަމަށާއި އެކަމަކު އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ވަޒީރުންނަށް ސަނާކިޔާ ވަރުގެ ބަޖެޓެއް ނޫން ކަމަށެވެ.

ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ވަޒީރުން އުފާފުޅުވާނެ ގޮތްގޮތަށް ވާހަކަ ދެއްކުން ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ރައްޔިތުންނަށް ކަން އޮތް ގޮތް ތެދަށް ހާމަ ކޮށްދިނުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަށް ނުފެތޭ އެއްވެސް އުންމީދެއްނެތް ޚިޔާލީ ފޮލާއަކަށް ހުށަހަޅާފައިވާ ބަޖެޓެއްކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވައުދުވެ ކުރުމަށް އަމާޒުހިފާފައިވާ ކަންކަން ބަޖެޓުން ނުފެންނަކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ބަޖެޓު އެއްކޮޅުން އަނެއްކޮޅަށް ކިޔައިލުމުންވެސް ފެނިގެންދަނީ ވަރަށް ނާއުންމީދީ މަންޒަރުތަކެއްކަމަށެވެ. މިއަދު އިތުރަށް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގެ ބަދަލުގައި ހަގީތާއި ކުރިމަތިލައި، ރައްޔިތުންނަށް ރާއްޖޭގެ ހާލަތު ސާފުކޮށްދޭން ޖެހޭކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ އަތުން އިތުރު ފީއާއި، ޓެކްސްނަގައި ދައުލަތް ހިންގަން އުޅުމަކީ އެމްޑީޕީން ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތަކާއި ޚިލާފް ކަމެއްކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ވަހީދު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ހިނާރުވެ ދައުލަތުގެ އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައި އަދާ ކުރަން ޖެހޭ ދަރަނި ވެސް ބޮޑު ކަމަށާއި އެ ހާލަތުގައި ދަރަނި ބޮޑު ބަޖެޓެއް ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ.

”މީގައި މިއޮތީ ވަރަށް ބޮޑަށް ހިޔާލީ ފޮލާއެއްގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަކަށް މިއެއް (ބަޖެޓެއް) ނުފެތޭ، އިއްޒަތްތެރި ރައީސް، މިހާލަތަކީ ނުފޯރާފޮތިން ފޫގަޅަންވީނޫން. ގައުމު އޮތް ހާލަތު މިއަދު ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ“ ވަހީދު

މީގެ އިތުރުން ވަހީދު ވިދާޅުވީ އަންނަ އަހަރަށް ލިބޭނެ ކަމަށް އަންދާކޮށްފައިވާ 17 ވަރަކަށް ބިލިއަން ނުލިބޭނެކަން ހަމަ ރަނގަޅަށް ސަރުކާރުގައި ތިއްބެވި ވަޒީރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ސައުލަތުގެ ބަޖެޓަކީ ކެމްޕޭން ބަޖެޓެއް ނޫން ކަމަށާއި އެއީ ރައްޔިތުން ދައްކާ ޓެކްސް ފައިސާ ކަމަށެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ލޯނު ނަގައިގެންނާއި އެހެން ގޮތް ގޮތުން ފައިސާ ހޯދައިގެން ހޭދަ ކުރުމުގެ ބަދަލުގައި ބަޖެޓްގައި އިސްކަން ދެވެން ޖެހޭނީ ކުރިމަތިވެފައިވާ ހާލަތުން ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

ރައްޔިތުން ދަތި ހާލެއްގައި ތިއްބައި އަނެއްކާވެސް ފާޑުފާޑުގެ ޓެކްސްތައް ނަގައި އެމީހުންގެ އާމްދަނީން ކުޑަކުރުމަށް އުޅޭ އުޅުމަށް ވެސް ފާޑު ވިދާޅުވެ ވަހީދު ވިދާޅުވީ ރައްޔިތުންނަށް މި ދަތި ހާލުގައި ދަނޑުވެރިކަމާއި، މަސްވެރިކަން ފަދަ ކަންކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

ވަހީދު ވިދާޅުވީ ބަޖެޓުގައި ހިމަނަންވީ ތަންތަން ރާނައި ދަރަނިވެރި ވެގެން ފުޓްބޯޅަ ދަނޑު ހަދަން ނޫން ކަމަށެވެ. ނަމަވެސް ބަޖެޓް އެކުލަވާލާފައިވަނީ ރިހޭފައި މައްޗަށް 12 ފޮއި ވެއްޓޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: