ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަކުރަމްއަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކުރާނެ މީހެއް ނޫން: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވި އަހުމަދު އަކުރަމްއަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކުރާނެ ބޭފުޅެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އީސީގެ އަންހެން މުވައްޒަފުންތަކަކަށް އަކުރަމް ޖިންސީ ފުރައްސާކުރި ކަމުގެ ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމޓީއަށް މައްސަލައެއްް ހުށަހެޅީއެވެ. އަދި އެ މައްސަލައާއި ގުޅިގެން އަކްރަމް މަގާމުން ވަކިކުރުމަށް ކޮމެޓީން ނިންމާފައި ވަނިކޮށް އަކްރަމް ވަނީ އީސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

އަކުރަމްގެ އިސްތިއުފާއާއި ގުޅިގެން ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަކުރަމްއަކީ އީސީއަށް ގެއްލިގެންދިޔަ ހުނަރުވެރި ގާބިލް ހިންގުންތެރިއެއް ކަމަށެވެ. އަދި އަކުރަމްއަކީ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ގޯނާ ކޮށްފާނެ މީހެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ޓުވީޓް ނިންމަވާލައްވަމުން ވަނީ އަކުރަމްއަށް ހިތްވަރުގަދަ ކުރެއްވުމަށް އިއުތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ދިރިއުޅުމުގައި އަޑުގުޑަން އަންނާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވާ އަކްރަމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ މަގާމުން އިސްތިއުފާ ދިނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައިގައި ކޮމެޓީން މަގާމުން ވަކި ކުރުމަށް ނިންމާފައިވާއިރު ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުޢައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭތީ ކަމަށެވެ.

އެ ސިޓީގައި އަކްރަމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް އަކްރަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: