ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓް ކާގޯއިން ޕޮޒިޓިވްވި މީހުންގެ އަދަދު 57 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 57 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ބުނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު 14 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 15 ވަނަ ދުވަހުވެސް ތިން މީހަކު ޕޮޒިޓިވްވިއެވެ.

މިއާއެކު އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 57 އަށް އަރާފައިވާ ކަމަށާއި އަދި އެމީހުންނާއި ގާތުން ބައްދަލުވި 77 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ ބައެއް މީހުންނާއި އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީގެ ބައެއް މުވައްޒިފުންގެ އިތުރުން ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒިފުންތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: