ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ރައްކާތެރިކަމާއި, އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެެއް ނޫން: މިނިސްޓަރ އިމްރާން

ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް އަމާންކަމާއި ރައްކާތެރިކަން ހޯދާ ދިނުމަކީ ކުޑަކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިންރާން މިފަދައިން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފައްދަވައި އެ ޑިމާޓްމެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މުޖުމަތައުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމުގައިވާ ކުޑަކުދިންނަށް ރައްކާތެރިކަމާއި, އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެެއް ނޫންކަމަށާއި, މިއީ ވަރަށް ބޮޑު ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި އަމާނާތެއްކަމަށެވެ.

ރާއްޖޭގެ މުޖުތަމައުގެ ކަންކަން އޮތްގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަ ކުދިން ދުވަހުން ދުވަހަށް އިތުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން މެނުވީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާ އަލިވެގެން ނުދާނެކަމަށެވެ. “ޢާއްމު އަދުލުގެ ނިޒާމްގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ހަރުދަނާގޮތެއްގައި ހިންގި އެނިޒާމް ފުރިހަމަކުރެވުމަކީ މުޖުތަމައު ހަރުދަނާވެ, ބަދަހިވެ ދުޅަހެޔޮވުން. އެކަމަށްޓަކައި އަޅުގަނޑުމެން މިއެޅި ބިންގަލަކީ ވަރަށް މުހިއްމު ބިންގަލެއް” މިނިސްޓަރ ވިދާޅުވިއެވެ.

ޑިޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރ ފާޠިމަތު ރޫނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިން ޖަލަށް ދިއުމުގެ ކުރިން އެކުދިން އަނބުރާ މުޖުތަމައުއަށް ގެނައުންކަމަށެވެ. އެކުދިން ތިބެން ޖެހޭނީ ގޭގައި, އަދި ސްކޫލްތަކުގައި ކަމަށާއި, މުހިއްމު އަމާޒަކީ އެއީކަމަށް ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި ގައި މަސައްކަތްކުރައްވާނީ ކުޑަކުދިންގެ މައްސަލަތަކަށް ޚާއްޞަކޮށްފައިވާ އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުމާއެކު، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުން އައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވުނީއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ހިންގާ ޔުނިޓެއްގެ ގޮތުގައި ”ޖުވެނައިލް ޖަސްޓިސް ޔުނިޓް” ވުޖޫދަށް އައީ 2007 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސަރުކާރުގެ އޮނިގަނޑަށް އައި ބަދަލާގުޅިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށަށް ބަދަލުވިއެވެ. އެއަށްފަހު، 2010 ވަނަ އަހަރުގެ ޖުލައިމަހު އިތުރު މޭންޑޭޓްތަކާއެކު ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށަށް ބަދަލުކުރެއްވިއެވެ.

ޤާނޫނާ ހިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް، ކޭސްވަރކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ. ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޝަރުއީ އަދި ތަހުޤީޤީ މަރުހަލާގައިވެސް މަސައްކަތްކޮށް ޑައިވަރޝާން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވާ ހިންގުމުގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާޢި މަސްލަހަތު ހިމާޔަތްކުރާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ. ހޭލުންތެރި ކުރުވުމާއި، ބަންދުގައި ތިބޭކުދިންގެ ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތްވެސް މަތިކުރައްވާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއެވެ.

އ.ދގެ ޖެނެރަލް އެސެމްބްލީއިން ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ޤަރާރެއް ފާސްކުރެއްވީ 1959 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ހަމައެހެންމެ 1989، ނޮވެމްބަރު 20 ވަނަ ދުވަހުވަނީ ކުރިންބަޔާންކުރި ޤަރާރަށް 30 އަހަރުފުރުން ފާހަގަކުރުމާ ގުޅިގެން ކުޑަކުދިންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ މުއާހަދާއެއް އ.ދގެ ޖެނެރަލް އެސެމްބްލީގެ އިއްތިފާގުން (44/25 ނަންބަރު ޤަރާރުން) ފާސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭން 1990 އޯގަސްޓް 20ގައި މިމުއާހަދާގައި ސޮއިކޮށް 1991 ފެބްރުއަރީ 11ގައި މި މުއާހަދާ ވަނީ ތަޞްދީޤްކުރައްވާފައެވެ. އަދި މުއާހަދާ ތަޞްދީޤްކުރިތާ 30އަހަރުފަހުން 2019 ނޮވެމްބަރު 20ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާ ޤާނޫން ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫން) އަދި ޤާނޫން ނަންބަރު: 2019/18 (ކުޑަކުދިންގެ އަދުލުގެ ޤާނޫން)ވަނީ ތަޞްދީޤްކުރައްވާފައެވެ. އަދި މިއަދު 2020 ނޮވެންބަރު 20ގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: