ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓް ކްލަސްޓާ: އިތުރު ބަޔަކު ޕޮޒްޓިވްވެ, ޖުމްލަ އަދަދު 102 އަށް

ރާައްޖޭގައި ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓް ކްލަސްޓާއިން އިތުރު ބަޔަކު ޕޮޒިޓިވްވެ, ޕޮޒްޓިވްވީ މީހުންގެ ޖުމްލަ އަދަދު 102 އަށް އަރައިފިއެވެ.

އެއާޕޯޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.

އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވިއިރު, 13 ވަނަ ދުވަހު ހަ މީހަކު 14 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 15 ވަނަ ދުވަހުވެސް ތިން މީހަކު ޕޮޒިޓިވްވިއިރު ނޮވެންބަރު 18 ގައި ބަޔަކު ޕޮޒިޓިވްވިއެވެ. އަދި އިއްޔެވެސް ވަނީ އިތުރު ބަޔަކު ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ ބައެއް މީހުންނާއި އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއްގެ މުވައްޒިފުންތަކެކެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކްލޯސް ކޮންޓެކްޓްގެ ގޮތުގައި 191 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ.

މިދިޔަ އަންގާރަ ދުވަހު އެޗްއީއޯސީގެ ޓީމެއް އެއާޕޯޓަށް ގޮސް ބަލި ކޮންޓްރޯލް ކުރުމަށް ޕްލޭނެއް އެކުލަވާލާ އެ ޕްލޭން ތަންފީޒު ކުުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: