ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިވެޓް އައިލެންޑް ކޮންސެޕްޓުން ކޮންމެ ރަށަކުން 15 މިލިއަން ޑޮލަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިވެޓް އައިލެންޑް ކޮންސެޕްޓުގެ ދަށުން ރަށްތައް ދޫކޮށްގެން އެކުއިޒިޝަން ފީގެ ގޮތުގައި ކޮންމެ ރަށަކުން 15 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ދިރާސާކުރުމަށް ބުދަ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ދިގު މުއްދަތަކަށް ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތުގެ ދަރަނި އެންމެ އަވަހަށް ކުޑަކުރުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ޕްރައިވެޓް އައިލެންޑްގެ ގޮތުގައި މުއްސަނދިންނަށް އަމިއްލަ ބޭނުމަށް ދިނުމަކީ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރާ، ރަނގަޅު މޮޑެލްއެއްގެ ކަމެއް ކަމަށެވެ. އަދި ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި މަދު ރަށްތަކެއް އުފައްދައިގެން ބޮޑު ރެވެނިއުއެއް ޖެނެރޭޓް ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ތިން ހެކްޓަރު ނުވަތަ ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 މިލިއަން ޑޮލަރުގެ އެކުއިޒިޝަން ފީއެއް ލިބޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިއްސަކަށް ރަށް ދިގު މުއްދަތައް ލީސްކޮށްލިޔަސް ދަރަނި ކުޑަކުރަން ބައިލައްކައެއްހާ ޑޮލަރު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

“މަދު ރަށްކޮޅެއް އުފައްދައިގެން، ފުދޭވަރެއްގެ ބޮޑު ރެވެނިއުއެއް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެ ކަމަށް. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ތިން ހެކްޓަރު ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 ވަރަކަށް މިލިއަން ޑޮލަރުގެ އެކުއިޒިޝަން ކޮސްޓެއް އަޅުގަނޑުމެންނަށް ލިބިދާނެ” ފައްޔާޒް

ފައްޔާޒު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގައި އާ ކުންފުންޏެއް ހަދާ ވާހަކައެއް ހިމަނާފައެއް ނުވާނެ ކަމަށެވެ. އަދި މިހާރު މިކަމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތަކުން އެކަން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބިލުގައި ހިމަނާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމުން އަންނަ އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް މިއަދު ނިންމަން ކުރިން އަމާޒުކުރި ނަމަވެސް އެ ބިލުގެ މަސައްކަތް މިހާރު ވަނީ މާދަމާއާ ހަމައަށް ދަންމާލައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: