ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަބަންދުގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ އަންހެނުންގެ ދަނީ އިތުރުވަމުން: އެމްއާރުއެމް

އެމްއާރުއެމްއިން އެދެނީ ވީހާވެސް ގިނަ އަންހެނުން ލޯކަލް ކައުންސިލްގައި ވާދަކުރުމަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ފުރަބަންދާއެކު ގޭތެރޭގައި ބަންދުވެފައި ތިބެންޖެހުމުން އެކި ކަހަލަ އަނިޔާތަކުގެ ޝިކާރައަކަށްވާ އަންހެނުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބާގައި އެމްއާރުއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުރަބަންދުގެ ސަބަބުން ޖިސްމާނީގޮތުންނާއި، ނަފްސާނީ ގޮތުންނާއި ޖިންސީގޮތުން އަނިޔާގެ ޝިކާރައަށްވާ އަންހެނުންގެ އަދަދުތައް ދަނީ އިތުރުވަމުންކަން ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ކަމަށެވެ.

މީގެ ކުރީއަހަރުތަކާ ޚިލާފަށް، ކޯވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މީހުންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކާއެކު އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާވެސް މިވަނީ އިތުރުވެފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކަކޭ އެއްގޮތަށް ރާއްޖެވެސް ވަކިން އިސްތިސްނާއެއް ނުވެއެވެ. މިއަހަރުގެ ތަފާސް ހިސާބުތަކުން އެކަން ކަށަވަރުވާ ކަމަށް ބަޔާނުގައިވެއެވެ.

މިބާވަތުގެ އަނިޔާ ލިބޭ މީހުންނަކީ މުޅި އުމުރަށްވެސް އެކަމުގެ ނޭދެވޭ އަސަރު ތަޙައްމަލު ކުރަންޖެހޭ ބައެއް ކަމަށާއި ޞިއްޙީ އަދި ނަފްސާނީ މައްސަލަތަކުން އަރައިނުގަނެވި، އޭގެ ސަބަބުން އެމީހުންގެ އާޢިލާތަކަށް ނިކަމެތިކަން ލިބޭކަން އެމްއާރުއެމް އިން ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެފަދަ އަނިތާތަކުގެ ޝިކާރައަކަށް ވުމުން އަންހެނުންނާއި ކުޑަކުދިންގެ މަސައްކަތްކުރުމުގެ ރޫޙާއި ހިތްވަރު ނެތިގެންދާ ކަމަށާއި ނަތީޖާއެއްގެ ގޮތުން، އޭގެ ނޭދެވޭ އަސަރު ޤަޢުމީ އުފެއްދުންތެރިކަމަށްވެސް ފޯރާކަމަށެވެ.

އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކޮށް އަނިޔާގެ ނުރައްކަލުން ޤަޢުމު ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިއްމާއެއް ނޫންކަމަށް ހެދޭނެ އެއްވެސް ގޮތެއް ނެތް ކަމަށްބުނެފައިވެއެވެ.

އަނިޔާ ހުއްޓުވުމަށް ޤާނޫނުތައް ހެދިފައިވީނަމަވެސް އެ ޤާނޫނުތަކަށް އަމަލީ ސިފަ ގެނެވޭނީ، ދަޢުލަތުގެ މުޢައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރާއި، މަދަނީ ޖަމްޢިއްޔާތައްފަދަ މުޖުތަމަޢުގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްގެންކަން އެއީ ބަޙުސެއް އޮތްކަމެއް ނޫން ކަމަށްވެސް އެމްއާރުއެމް ބުންޏެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ، އަނިޔާ ކުރުމުގެ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުމާއެކު، އަނިޔާގެ މައްސަލަތައް އަވަހަށް އަދި ފަސޭހައިން ރިޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، މައްސަލަތައްބަލައި ހަލުވިކަމާއެކު އިންސާފު ހޯދައިދިނުމުގެ ނިޒާމު ހަރުދަނާކޮށް، ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަމަށްވާތީ އެކަންކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އެމް.އާރު.އެމް އިން އިލްތިމާޞްކުރާ ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: