މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗް އިން ބުނީ، މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ހިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންނަމަވެސް ސެނަހިޔާއިން ދެމުންގެންދިޔަ ފްލޫކްލިނިކްގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ދެމުންގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފްލޫ ކްލިނިކްގެ ހިދުމަތް މެދުކަނޑާލަން ނިންމި ސަބަބު އައިޖީއެމްއެޗް އިން ހާމަކޮށްފައެއް ނުވެއެވެ.

