ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާއުގެ ރައްދު ފަނޑިޔާރުންގެ ޖަމްއިއްޔާއަށް: އަލީ ރަޝީދު އޮންނަންޖެހޭނީ ޖަލުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނަށް، އިންޒާރުދީ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވާހަކަ ދައްކާފައިވާ ކަމަށްބުނެ ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނަށް އޭނާ ރައްދުދީފިއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮންލައިން ނޫހެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނަށް، ޢުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަންޖެހޭނީ ޖަލުގައިކަމަށް ބުނެ، ޝުޖާއު އިންޒާރުދީފައިވާ ކަމަށެވެ.

އެ ބަޔާނަށް ރައްދުދެއްވާ ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނަކީ ހުދު ކާފޫރަކަށް ހަދަން އުޅުނަސް އެކަން ނުވާނެކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިންނާއި ގުޅޭ ވަރަށް ގިނަ ވާހަކަތައް ވަކީލުންގެ ފަރާތުން އަޑު އިވިއްޖެ ކަމަށާއި ފަނޑިޔާރުގެ ގައިން ދުވަނީ “ގުއި ވަސް” ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ވެރިކަމެއްގައި މައްސަލަ ބަލާނެއެވެ. އަދި ފަނޑިޔާރު އަލީ ރަޝީދު އޮންނާނީ ޖަލުގައި ކަމަށް ވިދާޅުވިއެވެ.

“ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރައީސް ޔާމީނަށް އިއްވީ ހަރާމް ހުކުމެއް. އޭނާގެ ގައިން “ހުވަދު ވަސް” ދުއްވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަޅުގަނޑުމެންނަށް އޭނާގެ ގައިން ދުވަނީ “ގުއި ވަސް” ވަރަށް ގިނަ ލޯޔަރުން ގެ ފަރާތުން އަލީ ރަޝީދުގެ ވާހަކަ އިވިއްޖެ. ޕީޕީއެމްގެ ވެރިކަމެއްގައި މައްސަލަ ބަލާނަން. އަލީ ރަޝީދު އޮންނާނީ ޖަލުގައި” ޝުޖާއު

ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝުޖާޢު ވާހަކަ ދައްކާފައިވާ ވަހާކަތަކަކީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ޝުޖާޢު ވާހަކަތައް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޝުޖާއު އިންޒާރުދީ ދައްކާފައިވާ އެ ވާހަކަތަކާ މެދު ކަމާބެހޭ ފަރާތްތަކުންނާއި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމަށް މަދު ވަގުތުކޮޅަކަށްވެފައިވަނިކޮށް ކުރިން އެ މައްސަލަ ބެއްލެވި އޭރުގެ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ހައިލަމް ސަސްޕެންޑްކޮށް، ހުކުމް ކުރުމަށް ހަވާލުކޮށްފައިވަނީ އަލީ ރަޝީދު އާއިއެވެ.

ޖޭއެސްސީން ހައިލަމަށް ފިޔަވަޅު އެޅީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުުގައި ޗޭނު ޖަހާފައި ހުރެ އެވެ.

ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން އެ ކޯޓު ހިންގުން އަލީ ރަޝީދާ ހަވާލުކުރިއެވެ. އަދި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައި އޮތް އިރު، އެ މައްސަލަ ކުރިއަށް ގެންދާނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވެސް ކަނޑައަޅިއެވެ. އެގޮތަށް ނިންމީ ކްރިމިނަލް ކޯޓު ހިންގުން އަލީ ރަޝީދާ ހަވާލުކުރި ފަހުންނެވެ.

އޭގެ ފަހުން ހައިލަމް ނެރުއްވި ބަޔާނެއްގައި ރައީސް ޔާމީންގެ ޝަރީއަތް ވަކި ގޮތަށް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމަށާއި އެކަން ގާޒީ އަލީ ރަޝީދަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމުން އެ ތުހުމަތުތައް ގާޒީ އަލީ ރަޝީދު ވަނީ ދޮގުކުރައްވައިފައެވެ. އަދި އެކަމާއި ގުޅިގެން ހިގަމުންދިޔަ ޝަރީއަތަކާއި ގުޅޭގޮތުން އަލީ ރަޝީދު ވާހަކަ ދެއްކެވީ ރާއްޖޭގެ މީޑިއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ހައިލަމް ދެއްކެވި ވާހަކަތައް ދޮގު ކުރައްވައި މީޑިއާ އަށް މައުލޫމާތު ދެއްވުމަކީ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ކަމަށް ޤާނޫނީ ބޭފުޅުން ގެންދެވީ އޭރުވެސް ވިދާޅުވަމުންނެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ (11) ވަނަ ނަމްބަރުގައި ބުނެފައި އޮންނަނީ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާގުޅޭގޮތުން، ނުވަތަ އޭނާ މަސައްކަތްކުރަމުންދާ ކޯޓަކާގުޅޭގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަކަށް ރައްދުދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ރައްދުދީގެން ނުވާނެ ކަމަށެވެ.

އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި އޮއްވައި، އެ މައްސަލައިގެ ވަކި ގޮތެއް ނުނިމެނީސް، ބޮޑު މައްސަލައެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް ރައީސް ޔާމިންގެ ވަކީލުން އޭރު ގެންދިޔައީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ނަމަވެސް އެހުކުމާއެކު އަލީ ރަޝީދު ވަނީ ސްޕްރީމް ކޯޓުގެ ބެންޗަށް އައްޔަން ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔަފަދަ ބަހެއް ބައެއްމީހުން ބުނުމުން އިންޒާރަކަށްވެ ފަ އަނެއްބަޔަކު ބުނުމުން އިންޒާރަކަށް ނުވާ ސަބަބު ރައްޔިތުންނައް ހާމަކޮށްދޭން ނުވޭތޯ ސިޔާސީ މީހުންގެ އާމްމު ބަހެއްނޫންތޯ ގާނޫނުގެ އަތް ވަރައްދިގުކަމާ ގާނޫނު އަރާހަމަ ކުރާނެކަމާ އުމުރު ދުވަހު ތިޔަމަގާމުގަ ތިހެން ނުހުރެވޭނެކަމާ އުމުރައް ޖަލައްދާންޖެހޭނެކަމާ މިހެން ބުނުން ދެން ވަކިމީހަކާ ދިމާލައް ބުނުމުން މުޅިގަޔައް ހިނިއަރާގޮތް މިވީ ކީއްވެބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: