ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުން އިތުރުވަނީ

އެޗްއީއޯސީގެ ސްޕޯކްސްޕަރސަން ޑރ.ނަޒްލާ ރަފީޤު
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލޫ ކްލިނިކްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރޭ އެޗްއޯއީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަ ހަތަރު ހަފްތާގެ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވް ވި ނިސްބަތަށް ބަލާއިރު ކޮވިޑަށް މީހުން ޕޮޒިޓިވް ވާ ނިސްބަތް އިތުރުވެގެން ދާތަން ފެންނަ ކަމަށެވެ.

އޭގެ ފަހުން ހަތް ޕަސެންޓުން ނުވަ ޕަސެންޓަށް އަދި މިހާރު އެ އަދަދު އެގާރަ ޕަސެންޓަށް އަރާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ ދުވަަހަކު ޕޮޒިޓިވްވާ މީހުންގެ އަަދަދުތައް އިތުރު ނުވިޔަސް ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކްތަކަށް ގޮސްގެން ހަދާއި ޓެސްޓުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެގޮތަށް އެކަން ދިމާވުމުން ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: