ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 ގެ ވެކްސިން ދިނުމަށް އައްޑޫގައި ބަލިމީހުން ދަފްތަރު ކުރަނީ

ކަރަންޓީން ވުމަށް މާލެއިން ރަށްތަކަށް ދިއުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ވެކްސިން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީގައި ތިބި ދިގުމުއްދަތުގެ ބަލިތަކަށް ބޭސްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، އައްޑޫގައި ދިގުމުއްދަތަކަށް ބޭސްކުރާ ފަރާތްތަށް ދަފްތަރު ކުރަން ނިންމީ ކޮވިޑް ގެ ވެކްސިން ފޯރުކޮށްދިނުމަށް މިފަދަ ދަފްތަރެއް އޮތުމުގެ މުހިންމު ކަންމުންކަމަށެވެ.

2 ޑިސެމްބަރުގެ ނިޔަލަށް އެފަދަ ހުރިހާ މީހުން ދަފްތަރު ވުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ދަފްތަރު ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނެވެ.

އެހޮސްޕިޓަލުން އެދިފައި ވަނީ އެދިފައި ވަނީ އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ސެކްޝަނުގައި ރެޖިސްޓަރ ކުރުމަށް ނުވަތަ، ހޮސްޕިޓަލުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޝާއިއު ކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ރެޖިސްޓަރ ވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: