ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގައި ކޮވިޑު ވެކްސިން ދިނުމުގެ ފަހުގެ ތައްޔާރީތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު އެމެރިކާގައި ކޮވިޑް-19 ވެކްސިން އާއްމުކޮށް ދޭން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

މިގޮތުން ވެކްސިންގެ ފުރަތަމަ ބެޗް ބްރަސެލްސް އިން އެމެރިކާ އަށް މިހަފްތާގައި ވަނީ ގެންގޮސްފައެވެ.

ފައިޒާ އިން މިހާރު ވަނީ ވެކްސިން އެމެރިކާގެ އެކި ސަރަހައްދުތަކަށް ގެންދިއުމަށް ވަރަށް ގިނަ ފްލައިޓްތަކާއި ޓްރަކްތައް ޗާޓަރު ކޮށްފައެވެ.

ފައިޒާގެ ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ އަށް އެދި އެމެރިކާގެ އެފްޑީއޭ އަށް ހުށަހެޅީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ބެލެވެނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު އެވެ.

ވެކްސިން ބޭނުން ކުރަން ހުއްދަދޭތާ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން އާއްމުކޮށް ދޭން ފަށަން އެމެރިކާ އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގައި އެންމެ ފުރަތަމަ ވެކްސިން ޖަހާނެ އެއްބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: