ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރި ދުވަސްތައް އަލުން ދެކޭކަށް ބޭނުމެއްނުވޭ: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ދުވަސްތައް އަލުން ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމްއާރްއެމްއަށް އެއް އަހަރު ފުރުމާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުން ތިބީ ކުރީގެ އަނިޔާވެރި އެ މާޒީއަށް ދާން ބޭނުން ވެގެން ނޫން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ވައްކަމާއި ކޮރަޕްޝަން ނައްތާލާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގާއިމު ކުރުމަށާއި އެކަން ކުރެވޭނީ ކޯލިޝަން ސަރުކާރު ދެމި އޮވެގެން ކަމަށެވެ.

މިހާރު އޮތް ކޯލިޝަނަކީ ގައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް އެކުލަވައިލި ކޯލިޝަނެއް ކަމަށާއި އެހެންކަމުން ކޯލިޝަން ވަރުގަދަ ކުރުމަށް ހުރިހާ ޕާޓީތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި މީގެ ކުރިން އޮތީ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ހިޔާނާތް އާންމުވެފައި އޮތް ދުވަސްތަކެއް ކަމަށެވެ. އަދި މި ސަރުކާރު ވުޖޫދު ވެގެން އައީ އެކަންކަން ނިމުމަކަށް ގެނައުމަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެހެންވެ ކޯލިޝަން ސަރުކާރު ބަލިކަށިވާނެ އެއްވެސް ކަމެއް އެއްވެސް ޕާޓީއަކުން ނުކުރެއްވުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު އެދެނީ ކޯލިޝަންގެ ހުރިހާ ހިއްސާދާރުން ވެސް މި ކޯލިޝަން ވަރުގަދަ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް، މި ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ އެމްއާރްއެމް އާއި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ، އެހެންވީމަ މި ޕާޓީތަކުން އަޅުގަނޑު އެދެނީ މި ކޯލިޝަން ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވުން، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި މަސްލަހަތު ގެއްލޭ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުން” މައުމޫން

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ މި ސަރުކާރު އުފެދުމުގައި އެންމެ މުހިންމު އެއް ހިއްސާދާރަކީ އެމްއާރްއެމް އެވެ. އެއީ މުޅި ގައުމު ހެކިވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމުގައި އެމްއާރުއެމް އިން ކޮށްފައިވާ މަސައްކަތްތަކަށް މުޅި ގައުމު ހެކިވާނެ ކަމަށެވެ. އަދި އެމްއާރުއެމް އިން އަމަލުކުރަމުން ގެންދާނީ އެޕާޓީގެ އަސާސްތަކުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ކޯލިޝަންގެ ހުރިހާ ހިއްސާދާރުންވެސް މި ކޯލިޝަން ވަރުގަދަ ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް އެދޭ ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި ޕާޓީތަކުގެ ތެރޭގައި މަސްލަހަތު ގެއްލޭފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށާއި ކޯލިޝަން އުފެދިފައިވަނީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: