ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމެންދޫގެ ފެނުގެ ޕްރޮޖެކްޓްގެ ސާވޭގެ މަސައްކަތް ފަށައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުންމަތީ މާމެންދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތް ފަށައިފިއެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާމެންދޫގައި ހިންގާ ޕްރޮޖެކްޓެކެވެ. ފެނުގެ ނިޒާމެއް ގާއިމުކުރުމުގެ ސާވޭ ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ.

ސަންގަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް ޙުސައިން ހަބީބު ޢަލީ ވިދާޅުވީ، ސާވެޔަރުން އިއްޔެގެ ވަގުތެއްގައި މާމެންދޫއަށް އައިސް މަސައްކަތް ފަށާފައިވާކަމަށެވެ.

މަޝްރޫއު ހަވާލުކޮށްފައިވާ ޖޭއެމްސީގެ ނައިބުރައީސް އާއި ހަވާލާދީ، ކައުންސިލްގެ ރައީސް ހަބީބު ވިދާޅުވީ، މިވަގުތު ކުރިޔަށް ދަނީ ޕްރޮޖެކްޓް ޕްލޭނިންގެ މަސައްކަތް ކަމަށާއި، އަންނަ އަހަރުގެ ފެބުރުއަރީގެ ނިޔަލަށް ޕްރޮޖެކްޓް ޕްލޭނިންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

“މާމެންދޫގެ ފެން މަޑުމަޑުން ތަޣައްޔަރުވަމުންދާއިރުގައި ފެނުގެ ނިޒާމެއް ގާއިމުވުމަކީ މާމެންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް. ރައީސް ޞާލިހުގެ ސިޔާސަތުގެ ތެރެއިން ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް ހިމެނި އެ މަސައްކަތް މާމެންދޫގައި އަންނަ އަހަރުގައ ފެށިގެން ދާއިރުގައި، މި މަސައްކަތް އަވަހަށް ފަށާ، ފެނުގެ ޚިދުމަތް ލިބިގެން ދިޔުމަކީ ރަށުގެ ރައްޔިތުންގެ އުންމީދެއް”

ހަބީބު ވިދާޅުވީ އަންނަ އަހަރަކީ މާމެންދޫއަށް ގިނަ މަޝްރޫއުތަކެއް އަންނާނެ އަހަރެއް ކަމަށާއި، ކޮންމެ މަޝްރޫއަކަށްވެސް ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކިތައް ސާވޭ ކުރަންޖެހޭތޯ މީގެކުރިންވެސް ކައުންސިލް ރައީސްވަނީ މީހަކު ގެނެސް ސާވޭ އެއްކޮށްފަ، ކެމްޕޭން ފެށުމާ ސާވޭ ފެށުމާ އެއްކޮށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: