ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބިލުގެ މަސައްކަތުގައި ބައިވެރިނުކުރުމުން ރައީސް ނަޝީދު ހިތްހަމަނުޖެހިއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ދިރާސާ ކުރަމުންދާ ފުލުހުންގެ ބިލުގެ މަސައްކަތުގައި ރައީސް ނަޝީދުގެ ބައިވެރިވުން ނުހިމެނުމުން އެކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ބިލަކީ އެބިލާއިމެދު މަޝްވަރާ ކުރަމުން ދިޔަ އިރުގައި ވަރަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ބަހައްޓަމުން އައިބިލެއްކަމަށެވެ. ނަމަވެސް ބިލުގައި އެމަނިކުފާނުގެ ބައިވެރިވުން ކޮމިޓީން ނުހިމެނިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ކަންކަމުގައި އެމަނިކުފާނު ބައިވެރި ނުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ ބިލަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތައް ފާސް ނުކުރުމަކީވެސް އިތުރަށް ކަންބޮޑުވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ ބިލު މިއަދު މެމްބަރުންގެ މެދުގައި ހިއްސާ ކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފުލުހުންގެ ބިލުގެ މަސައްކަތުގައި އެމަނިކުފާނު ނުހިމެނުމުން، މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި އަދި ރައީސުލް ޖުމްހޫރިއްޔާއަށް ރާއްޖެއާއި ގުޅޭގޮތުން އެނގުނު އެއްޗަކާމެދު ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

”މިކަހަލަ ހަޔާތެއްގައި ދިމާވެދާނެ ކަންކަން ދެން އެހެން ނަމަވެސް މިދިވެހި ރާއްޖޭގެ ފުލުހުންނާއި ގުޅޭގޮތުން ދެން މިއަދު އަޅުގަނޑު ކައިރީގައި އަހާލަން ނުފެނިއްޖިއްޔާ އަޅުގަނޑު ހިތައް އަރާނެ މިދިވެހި ރާއްޖޭގެ ރައްޔިތުންގެވެސް އަދި މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވެސް އަދި ރައީސުލް ޖުމްހޫރިއްޔާއަށްވެސް މިދިވެހި ރާއްޖެއާއި ގުޅޭގޮތުން އެހެންވީމާ އެ އެގުނީ ކޮންއެއްޗެއްބާއޭ“ ރައީސް ނަޝީދު

ޖުމްލަ 139 މާއްދާގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބިލުގެ މަސައްކަތް ކޮމިޓީން ކުރަމުންދާއިރު ސަރުކާރުގެ ފަރާތުންވަނީ 40 އިސްލާހެއް ހުށަހަޅާފައެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސްވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. ނަމަވެސް އެންމެ ޚިޔާލުތަފާތުވެފައިވަނީ ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާއާ ހަމައިންނެވެ.

އެމާއްދާއަކީ ފުލުހުންނަށް ހަތިޔާރު ދިނުމަށް ޤާނޫނުން ބާރުދޭ މާއްދާއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅީ ފުލުހުންނަށް ލީތަލް ހަތިޔާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ދޭގޮތަށެވެ.

އެގޮތުން ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް ޤާނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ.

ރައީސް ނަޝީދާއި އަދި އެމްޑީޕީގެ ބައެއް މެންބަރުންގެ ވިސްނުންހުރީ ކޮމިޓީ މަރުހަލާއިން ބިލުފާސްކޮށް ތަޅުމަށް ފޮނުވާއިރު، ފުލުހުންނަށް ހަތިޔާރުދޭ މައްދާ އުނިކުރުމަށެވެ. ނަމަވެސް ސަރުކާރުން ފާސްކުރަން ބޭނުންވާ މި ބިލުގައި ފުލުހުންނަށް ފިސްތޯލަ ބޭނުންކުރުމުގެ ހުއްދަދޭންވެސް ހުށަހަޅާފައެވެ.

މި އިސްލާހާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި  ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައްވަނީ އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: