ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ވުޖޫދުވިފަހުން ފުރަތަމަ ފަހަރަށް ކުންފުންޏަށް ފައިދާ!

ފެނަކަ އެމްޑީ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނަށް 35 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެއެވެ.

މިއީ 2012 ވަނަ އަހަރުގެ ޖޫންމަހު ކުންފުނި ވުޖޫދުވިފަހުން އެކުންފުންޏަށް ފައިދާވި ފުރަތަމަ ފަހަރެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފެނަކައިން ބުނީ ކުންފުނި ވުޖޫދުވުމަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުންނާއި ޢުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާޢީ ގޮތުން ލަދުވެތި ހާލަތެއްގައި ކަމަށެވެ. އަދި ކުންފުނިން އެދާއިރާތަކުން ހޯދި ކާމިޔާބަކީ ދިވެހި ތާރީޚުގައި ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ތަފާތުބޮޑު ބަދަލުކަމަށްވެސް ފެނަކައިން ބުނެއެވެ.

މި ކާމިޔާބަކީ ފާއިތުވި 02 އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމަށް ގެނެވުނު އިންގިލާބީ ބަދަލު ސާބިތުކޮށްދޭ އަސާސީ ހެއްކެއްކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާޒީގައި ކޮށްފައި ނުވާ އަދަދުތަކުން މާލީ ބޮޑެތި ހޭދަތައް ކޮށް، ނަތީޖާ ދައްކުވައިދީ މާލީގޮތުން ފުދުންތެރި، އިޖްތިމާޢީ ގޮތުންނާއި ޢުމްރާނީ ގޮތުން އަދި ޚިދުމަތުގެ ގޮތުން ދުޅަހެޔޮ، ހިންމުގުމުގެ ގޮތުން ހަރުދަނާ ކުންފުންޏެއްގެ ގޮތުގައި ހިންދެމިލެވުނީ މިބަދަލުތަކުގެ ސަބަބުންކަމަށް ފެނަކައިން ދެކެއެވެ. އަދި ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން، 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވި، ޙައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރިފެނުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާކަމަށް ކުންފުނިން ބުނެއެވެ.

ފެނަކައިން ބުނީ ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން 2019ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ކަށަވަރު ކުރެވިގެން ދިއުމަކީ ކުންފުނި ހިންގުމުގައި އިޚްލާސްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާކަމަށެވެ. އަދި ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވި، ކުންފުނީގައި ނަޒާހަތްތެރިކަން އޮތް މިންވަރުވެސް ހާމަވަމުންދާކަމަށް ކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރަށް މިއީ ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވުނު ޖަވާބެއްކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބޭނެކަމަށާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ މަސައްކަތްތައް މަޑުޖެހުމެއް ފަސްޖެހުމެއްނެތި އަވަސްމިނުގައި ކުރިއަށް ގެންގޮސްދޭނެކަމުގެ ޔަގީންކަން ކުންފުނިން ވަނީ ރައްޔިތުންނަށް ދީފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: