އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ކުރިއަށް އޮތް ހަތަރު އަހަރަށް ތައްޔާރު ކޮށްފައިވާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފިއެވެ.
ސްޓްރެޓެޖިކް ޕްލޭން އިފްތިތާހް ކޮށްދީފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގެ ޝަރަފުވެރިކޮށްދެއްވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ވަރަށް ބޮޑަށް ބައްލައިގަންނަވާ ކަމަށާއި އެ އޮފީހުގެ މަސައްކަތްތަކަކީ ބަރޯސާ ވެވޭ އިތުބާރު ހުރި މަސައްކަތްތަކެއް ކަމުގައެވެ. އަދި މާލިއްޔަތު ކޮމިޓީއާ ހަވާލުވިއިރު އެތަކެއް ރިޕޯޓެއް ފުނިޖެހިފައި އޮތް ކަމަށާއި މީގެ ކުރިން އެއިން އެއްވެސް ރިޕޯޓެއްގައި ހުރި ރިކޮމެންޑޭޝަންތަށް ތަންފީޒުކުރުމަށް ނުވަތަ އެކަން ކުރި ބަޔަކު ޒިންމާދާރުކުރުވުމަކަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާކަމަށެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކަށް މަޖިލީހުން ދޭ ސަމާލުކަން މިހާރު އިހުނަށްވުރެ ބޮޑުވެފައިވާކަމީ އޮޑިޓް އޮފީހުގެ މަސައްކަތް ހަރުދަނާ ވެފައިވާ މިންވަރު ހާމަވާ ސަބަބެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އެ އޮފީހަށް 72 އަހަރުފުރުމުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދިގު މާޒީގައި އެއޮފީހަށް ހިދުމަތްކުރެއްވި އެންމެހާ ފަރާތްތަކާއި، އަދި މިހާރުވެސް ހިދުމަތުގައި ދެމިތިއްބެވި އެންމެހާ ފަރާތްތަކުގެ އަގުވަންޒަންކޮށް އެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

