ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ގައުމު މަސްތުވާތަކެތިން ސަލާމަތްކުރުމަށް ޓަކައި ޕާޓީތައް ދޫކޮށް، އަޅުގަނޑާއެކު ހިންގަވާ: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން ޕާޓީތައް ދޫކޮށްލާފައި އޭނާއާއެކު ހިންގެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފިއެވެ.

ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލުމާއި ގުޅިގެން އުމަރު ވިދާޅުވީ 24 ކިލޯގެ މަސްތުވާ އެއްޗެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހާ ދޫކޮށްލީ ކަޑައެޅިގެން ޤާނޫނާ ޚިލާފަށް ކަމަށެވެ.

“ކުޑަކަމާއެކު މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ މަސްތުވާ އެއްޗެތީގެ ވަބާއިން މި ރާއްޖެ ސަލާމަތްކޮށްދޭނަން. މިއީ ނުގުޑާނެ ވަޢުދު.” އުމަރު ވިދާޅުވިއެވެ.

ޖަލަށްލާން ހުކުމްކޮށްފައިވަނިކޮށް ޖަލުން މިނިވަންވެފައިވާކަން ކަށަވަރު ވެފައިވަނީ، 24 ކިލޯގެ މަސްތުވާތަކެތި (މަގުމަތީގެ އަގުން ބަލާއިރު 100 މިލިއަން ރުފިޔާގެ ޑްރަގު) އެތެރެކުރިކަމުގެ ކުށް ސާބިތުވެ 2017 ވަނަ އަހަރު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި ހ. އެޕާވީސް، އަބްދުﷲ ސޮފްވަތެވެ. އޭނާ ޖަލުން ސަލާމަތްވެފައިވާ ކަން “މިހާރު” ނޫހަށް ކަށަވަރުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: