ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް 10 ދުވަސްތެރޭ ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ.

އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ ހުޅުމާލެ އަށް ވަޑައިގެން އާ ތެލެސީމިއާ ސެންޓަރު ބިނާކުރަން ހަމަޖެހިފައިވާ ސަރަހައްދު ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތެލަސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން މިދިޔަ ހަފްތާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ނަސީމް ވަނީ ތެލެސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: