ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލިސް ތަޣައްޔަރު ކުރަން، ސަރުކާރުގެ ތެރެއިން މަސައްކަތްކުރޭ: އަލީ އާޒިމް

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް ތަޣައްޔަރުކޮށް، ކިލަނބު ކުރުމަށް ސަރުކާރުގެ ތެރެއިން ބަޔަކު މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ސަރުކާރުގެ މާ ސީނިއަރ ވަޒީރުންތަކެއް ހެދިގެން ބަޔަކު މަޖިލީހުގެ މަސައްކަތްތަކަށް އަތްބާނައިގެން މަޖިލިސް ޚަރާބުކޮށްލަން މަސައްކަތް ކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މަޖިލިސް، މަޖިލީހުގެ ގޮތުގައި ހިންގުމުގެ ފުރުސަތު ދިނުމަށް، އެ ވަޒީރުންނަށްވެސް ދަންނަވާ ކަމަށާއި ހުރިހާ ކަމެއް “ރަބަރ ސްޓޭޕް” ޖަހާހެން ނިންމަން ވެއްޖެއްޔާ ރައްޔިތުން ބޭނުންވާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި ގިނަ އިސްލާހުތަކެއް، ފާސްކޮށްފައި ނުވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެކަންކަން ކުރަނީ ސަރުކާރުގެ ނުފޫޒުން ކަމަށާއި އެގޮތަކަށް ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުވުން ކުށްވެރި ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކާގައި ވަކި ވަޒީރެއްގެ ނަންފުޅު ވިދާޅުނުވި ނަމަވެސް، އެ ވިދާޅުވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކަމުގައި ބެލެވެއެވެ. އެއީ މީގެ ކުރިންވެސް އާޒިމްވަނީ މަޖިލީހުގެ ޖަލްސާގައި އެ މޭރުމުން ވާހަކަ ދައްކަވާފައެވެ.

“މި މަޖިލިސް ތަޣައްޔަރުކޮށް ކިލަނބުކުރަން އެބަ ބަޔަކު މަސައްކަތްކުރޭ ސަރުކާރުގެ ތެރެއިން، ސަރުކާރުގެ ސީނިއަރ ވަޒީރުކަމަށް ހެދިގެން ތިބެގެން، މި މަޖިލީހުގެ އަތް ބާނައިގެން ކަންކަން ކުރުމަށް އެބަ މަސައްކަތްކުރޭ، އެހެންވާނަމަ ރައްޔިތުން ބޭނުންވާ ގޮތަކަށް ނިހިންގޭނެ. ރަބަރ ސްޓޭމްޕް ޖަހާތަނަކަށް މިތަން ވެގެން ގޮސްފިކަމަށް ވަނީނަމަ ރައްޔިތުންނަކަށް ހިތްހަމަ ޖެހުމެއް ނެތް” އާޒިމް

މީގެ އިތުރުން އާޒިމް ވިދާޅުވީ ޓޫރިޒަމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރައްޔިތުންނާއި ގުޅުހުރި ކިތަންމެ ކަމެއް ހިއްސާކުރިނަމަވެސް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ކަންކަން ނިމިގެން އައިއިރު އޭގެން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޓޫރިޒަމްގެ ބިލަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް އެ ސިނާއަތުގައި، ވިޔަފާރި ކުރުމުގެ ފުރުސަތުވަނީ ވަރަށް ބޮޑަށް ބަންދުކުރެވިފައި ކަމަށެވެ. ޓޫރިޒަމް ވިޔަފާރި ތަރައްޤީ ކުރުމަށް އާންމު ރައްޔިތުންނަށް ފަސޭހަ މަގެއް ހޯދުމަށް ބިލަށް އިސްލާހެއް ހުށަހެޅުމުން އެކަމަށްވެސް ހައްލެއް ނުފެނު ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަނުމަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފަލްސަފާއެއް އަދި ސިޔާސަތެއްވެސް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަން އެގޮތަށް ނުކުރުމަށް އެދުމުން އެކަމަށްވެސް ހައްލެއް ނުލިބުނު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުން ފޮނުވާހާ ގޮތަކަށް ރަބަރ ސްޓޭމްޕް ޖަހައިގެން ބިލުތައް ފާސްކުރަންޖެހޭނެ ކަމަށް ޤަބޫލުކުރާ މެންބަރުންތަކެއް އެމްޑީޕީގައި އެބަތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: