ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހުގެ އިތުބާރު ނެތް މައްސަލަ ގޮސްފައިވާ ހިސާބު އާޒިމް ވިދާޅުވެ ދެއްވައިފި

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު - ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވާ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕް ލީޑަރު އަލީ އާޒިމް ވިދާޅުވެދެއްވައިފިއެވެ.

މިދިއަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފައެއް ހޯދަން ޕީޖީ ގްރޫޕުން ނިންމާފައިވަތީ އެކަން ކުރައްވަމުންދާ ކަމަށެވެ.

ދައުރު ނިމިގެންދާއިރުވެސް މަލީހުގެ މައްސަލައިގައި ގޮތެއް ނިމިފައިނުވާތީ އެމްޑީޕީގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިކަމުގައި ޚާއްސަކޮށް ރައީސް ޞާލިހުގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ވަޒީރަކު މަޖިލީހުން ވަކި ކުރުމުގެ ކުރިން ރައީސަށް ނުދަންނަވައި އެކަން ކުރުމަކީ އެމްޑީޕީން ގަބޫލު ކުރާ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމުމަށް ފަހު ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ރައީސްގެ ލަފާފުޅަކަށް އެދި ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އުންމީދަކީ ދައުރު ނިންމާލުމަށްފަހު އަލުން އަންނަ އިރު މިމައްސަލާގައި ރައީސް ކޮންމެވެސް ގޮތެއް ނިންމަވާނެއެވެ.

އާޒިމް ވިދާޅުވީ މިސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށްވިޔަސް ރައީސަކަށް ހުންނެވީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވެފައިވާ ރައީސެއްކަމަށް ވިދާޅުވެއެވެ.

“މިއީ ސީދާ އަޅުގަނޑުމެންގެ ސަރުކާރެއް ނޫން ނަމަވެސް، ރައީސްގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ޓީކެޓުގައި ހުންނެވި ބޭފުޅެއް. އެހެންވީމާ، ރައީސްގެ ކެބިނެޓުގައި ހުންނެވި ވަޒީރަކަށް ރައީސަށް ނުދަންނަވާ އެއްވެސް ކަމެއް ކުރުން ނުވަތަ ވަކިކުރުމަކީ އަޅުގަނޑުމެން ކަންކުރާ ގޮތް ނޫން ކަމަށްވާތީ، އެކަން ސިޓީއަކުން ރައީސަށް ފޮނުވާފައިވަނީ” އާޒިމް

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެގެން އައީ ޓީވީ ޕްރޮގްރާމެއްގައި މަޖިލީހުގެ މެންބަރުންނަށް ފާޑު ވިދާޅުވުމުންނެވެ. އެ ވާހަކަތަކަށް ރައްދު ދީ އެމްޑީޕީގެ މެންބަރުން ވަނީ ޓްވީޓްތަކެއް ވެސް ކުރައްވާފަ އެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން މަލީހަށް އަމާޒުވެ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ފެށިއެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގުމުގެ ކަންކަމުގައި މެމްބަރުން އުޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުންގެ އަމަލުތައް އެއާ ހިލާފުކަން މަލީހު ފާހަގަކުރެއްވި އެވެ.

މަލީހު ވަނީ ރިޔާސީ ނިޒާމަކީ އެންމެ ކާމިޔާބު ނިޒާމު ކަމަށާއި މި ނިޒާމުގައި އޮވެ އެހެން ނިޒާމަކަށް ބަދަލުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: