ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މައްސަލާގައި މިހާރު ވަރަށް ހިތާމަކުރަން: ނަޝީދު

ކުރީގެ ރައީސް ނަޝީދާއި ރައީސް ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވި މައްސަލާގައި ވަރަށް ހިތާމަކުރައްވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސާއި ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ރައީސް ޔާމީން މިނިވަންވާނީ ކޮން ދުވަހަކުތޯ އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލާގައި މިހާރު އެމަނިކުފާނުވެސް ވަރަށް ހިތާމަކުރައްވާ ކަމަށެވެ. ރައީސް ނަޝިދު ވިދާޅުވީ ރާއްޖޭގައި ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުންނާއިމެދު ހަރުކަށިކޮށް ކަންކުރުމަކީ ރައްޔިތުން ގަޔާވާކަމެއް ގޮތުގައި ދެކެވަޑައި ނުގަންނަވާކަމަށެވެ.

އެމަނިކުފާނު ރައީސް ޔާމީން ދެކެ ނުރުހުންވި ނަމަވެސް، އެހެން އެންމެން އެގޮތަށް ނުދެކޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮންމެވެސް އެއްބަޔަކު އަބަދުވެސް ނަފްރަތުކުރާނެ ކަމަށާއި އަދި ކޮންމެވެސް އެއްބަޔަކު އަބަދުވެސް އިތުބާރުކުރާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނާއެކު މިހާރު ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް ބަލައިލުމުން އެކަން ހާމަވާނެކަމަށާއި އެހުރިހާ ލީޑަރުން އެމަނިކުފާނާއި ގަޔާނުވާކަމަށް ވިދާޅުވިއެވެ.

ކުށެއް ކޮށްފިނަމަ އެކަމުގެ އަދަބު ދޭންވާނެކަމަށް ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށާއި ވެރިންނާއި މެދު އަމަލުކުރަންވީ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށް ރައީސް ނަޝިދު ފާހަގަކުރެއްވިއެވެ.

”ރައީސް ޔާމީންގެ މުޅި މިމައްސަލާގައި ހަގީގަތުގައިވެސް ވަރަށް ދެރަވޭ މިހާރު“ ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރައްވާ ބޭފުޅުން ޖަލަށްލުމުގެ އާދައަށް ނިމުމެއް އައުމަކީ އެމަނިކުފާނު ވަރަށް އެދޭ ކަމެއް ކަމަށެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މައުމޫން އަބްލުގައްޔޫމް ޖަލަށް ނުލައްވާ ކަމަށާއި އެހެންނަމަވެސް، އެއީ ކަމެއް ނުކުރާތީ ނޫންކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ އިންތިހާއަށް އަނިޔާވެރި ހުދުމުހުތާރު ވެރިކަމެއް 30 އަހަރު ކުރެއްވި ބޭފުޅެއް ކަމަށާއި އެއީ ދިވެހިން ފިތް ކަނޑައިގެންދާފަދަ ދުވަސްތަކެއް ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވިއެވެ. އެދުވަސްތައް ތާރީހުގެ ފަތްފުށަށް ގެންދެވުނު ކަމަށާއި ދުވަސްކޮޅަކަށް އެދުވަސްތައް މާޒީވެ ދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެއަށްފަހު އެމަނިކުފާނުގެ ނައިބްރައީސް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުވެސް އަދި ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހުވެސް މަސައްކަތްކުރެއްވީ އެމަނިކުފާނު ޖަލަށްލެއްވުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެރިކަން ކުރައްވާ ބޭފުޅުންނާއި މެދު ހަރުކަށިކޮށް ދެކުމަކީ އެދެވޭ ކަމެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: