ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ސޯލިހާ މަޝްވަރާކުރާނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ގެނެސްދިން “އާސްކް ސްޕީކާ” ޕްރޮގުރާމުގައި އާންމު ރައްޔިތަކު ސުވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވޭނެތޯއާއި، 2023 ވަނަ އަހަރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާނަންތޯއެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އީރަދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ އިންތިޚާބު ސަތޭކައިން ސަތޭކަ ކާމިޔާބު ކުރެވޭނެ ކަމުގައެވެ.

ނަޟީދު ވިދާޅުވީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ރާއްޖޭގައި އޮންނަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައީ ބަރުލަމާނީ ނިޒާމެއްގެ ވެރިކަން ކަމަށެވެ. ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީ ފާއިތުވެދިޔަ 20 އަށް އަހަރުގެ ތެރޭގައިކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަން ބަދަލުކޮށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ނުލިބޭނެކަމަށް ބަރުލަމާނީ ނިޒާމު ގެންނެވުމަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ކަނޑައެޅުމަށް މަޝްވަރާކުރައްވާނީ ސިޔާސީ ކަންކަމުގައި އެމަނިކުފާނުގެ އެންމެ ފުރަތަމަ މަޝްވަރާކުރާ ބޭފުޅާއާ ކަމުގައެެވެ. އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކަމުގައި ނަޝީދު ވިދާޅުވިއެވެ.

އަދި މިބަދަލު ގެނައުމަށް އެންމެ ރަނގަޅު ވަގުތަކީ ރިޔާސީ އިންތިޚާބުގެ ކުރިންތޯ ނޫންނަމަ މިހާރު ހިނގަމުންދާ ދައުރުގެ ތެރެއިންތޯ ނިންމުމަށް ރައީސް ޞާލިހުއާއި މަޝްވަރާ ކުރައްވައި މިކަން އެންމެ ރަނގަޅު ގޮތަކަށް ގެންދަވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: