ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް އޮފީހުގެ އަހަރީ އޮޑިޓް ކުރާނެ ބަޔަކު ހޯދަނީ

އަންގާރަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ އަހަރީ އޮޑިޓްކުރާނެ އޮޑިޓް ފާމެއް ހޯދަން އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އަހަރީ އޮޑިޓް ކުރުމަށް، އިންސްޓިޓުއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ހިދުމަތް ދިނުމުގެ ގަވައިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފާމެއް ހަމަޖެއްސުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ.

އެހެންކަމުން، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށެވެ.

އަދި03 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭ ކަމަށް އިއުލާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: