ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ނާގާބިލް ސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް ސިނާއަތް އިނދަ ޖައްސާލާފައި: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ނާގާބިލް ސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް އެ ސިނާއަތް އިނދަ ޖައްސާލާފައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އިފްތިތާހީ ޖަލްސާ މިއަދު ކަނޑުމަތީގައި މިހާރު ކުރިއަށް ދާ އިރު، އެ ޖަލްސާގައި ޝުއޫރު ފާޅުކޮށް މަސްވެރިކަމަށް އޮތް ގޮންޖެހުންތައް ވަނީ ހިއްސާކޮށްފައެވެ.

މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މަސްވެރިންނަށް މި ސަރުކާރުން ޖައްސާފައިވާ ހާލަތުގެ ހިއްދަތި ޝުއޫރު ފާޅުކުރާ ކަމަށެވެ.

“މި ނާގާބިލް، ޒިންމާދާރުކަން ކުޑަ ސަރުކާރުން ވަނީ މަސްވެރިން ނިކަމެތިކޮށް މަސްވެރިކަމުގެ ސިނާއަތް އިނދަ ޖައްސާލާފައި.” މުއިއްޒު ވިދާޅުވިއެވެ.

ކަނޑު މަތީގައި ކުރިއަށް ދާ މި ޖަލްސާ ކުރިއަށް ގެންދަނީ ގުޅީ ފަޅުގައެވެ. މި ޖަލްސާގައި އެ ޔޫނީއަންގައި ބައިވެރިވެފައިވާ އެތައް ދޯނިފަހަރެއް އެ ސަރަަހއްދަށް ވަނީ އެއްވެފައެވެ.

ޖަލްސާގައި ވާހަކަ ދެއްކި އިތުރު ބައިވެރިއަކު ބުނީ، ބޮޑު ކަންނެލި ގަންނަ ހަމަ އަގު 80 ރުފިޔާއަށް ހަމަޖައްސައި ނުދެވޭނަމަ އިހުތިޖާޖަށް ނުކުންނާނެ ކަމަށާއި އެކަން އެގޮތަށް ނުކޮށްދެވޭ ނަމަ ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: