ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑު ރޯއްޖަށްވާ ބަރޯސާ އިތުރުކުރުމުގެ މުހިންމުކަން މި އަހަރު ސާބިތުވެއްޖެ: ޣައްސާން

ފޮޓޯ: ޣައްސާން ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑު ރޯއްޖަށްވާ ބަރޯސާ އިތުރުކުރުމުގެ މުހިންމުކަން މި އަހަރު ސާބިތުވެއްޖެ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން މިދާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޣައްސާން ވިދާޅުވީ މަސްވެރިކަމަކީ ގައުމުގެ ލޭނާރު ކަމަށާއި ދިވެހި އިގްތިސާދުގެ ފުރަތަމަ ތަނބު ކަމަށެވެ.

“ކަނޑު ރޯއްޖަށްވާ ބަރޯސާ އިތުރު ކުރުމުގެ މުހިންމުކަން މި އަހަރު ސާބުތުވެއްޖެ. މަސްވެރިންނަށްވީ ވައުދުތައް ފުއްދަން ސަރުކާރަށް އިލްތިމާސްކުރަމުން ދުވަހުގެ ތަހުނިޔާ ފަހުރުވެރި މަސްވެރިންނަށް ހިތުގެ އަޑިން ދަންނަވަން.” ޣައްސާން ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވި ފަހުން މަސްވެރިން، ހާއްސަކޮށް ބޮޑު ކަންނެލި މަސްވެރިން އަންނަނީ ބާޒާރުގައި އަގުތައް މަތިވަމުންދާ ވަރަށް މަހުގެ އަގު މަތި ނުވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މަސް ގަންނަ ކުންފުނިތަކުން މަހުގެ އަގު ބޮޑުކޮށްދޭން ޖެހޭ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: