ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިޒާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެމެރިކާ އިން ދީފި

ވެކްސިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ.

ވެކްސިން އެންޑް ރިލޭޓެޑް ބައިލޮޖިކަލް ޕްރޮޑަކްޓްސް އެޑްވައިޒަރީގެ އިއްޔެ ބައްދަލުވުމުގައި 17 ސައިންސްވެރިން ވަނީ ވެކްސިން އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދޭން ވޯޓް ދީފައެވެ.

ވެކްސިނަށް ހުއްދަދޭން ނުފެންނަ ކަމަށް ހަތަރު ސައިންސްވެރިން ވޯޓް ދިނެވެ.

އެފްޑީއޭ އިން ހުއްދަ ދިނީ ވެކްސިން އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދިނުމަށެވެ.

ފައިޒާގެ ވެކްސިނަށް ހުއްދަ ދިނުމާއިއެކު ތިން މިލިއަން ޑޯޒްގެ ވެކްސިން އެމެރިކާގެ 600 ސަރަހައްދަކުން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ފައިޒާގެ ވެކްސިން އެމެރިކާގައި ދޭން ފެށުމާއިއެކު އެމެރިކާ ވެގެން ދާނީ ކޮވިޑް-19 ވެކްސިން އާއްމުކޮށް ދޭން ފެށި ތިން ވަނަ ގައުމަށެވެ. މީގެ ކުރިން އިނގިރޭސިވިލާތާއި ރަޝިއާ އިން ވަނީ ވެކްސިން އާއްމުކޮށް ދޭން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: