ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް ފުވައްމުލަކަށާއި އައްޑޫއަށް ފުރާވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ ސިޓީއަށާއި، ފުވައްމުލަކު ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓިއަށެވެ. އައްޑޫ ސިޓީއަށް ނައިބު ރައީސް ކުރައްވާ ދަތުރުފުޅުފައި ސ.ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، އެމަނިކުފާނު ސ. ހުޅުދޫއަށް ޒިޔާރަތްކުރައްވާ އެރަށުގައި ޤާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވާދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސް ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ސިޓީއަށެވެ. އެމަނިކުފާނު ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި، އެރަށުގެ ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި، އެރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިރޭ މެންދަމުގެ ވަގުތެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: