ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި ދެ ފެކްޝަން އެބައޮތް: ދޮންބިލެތް

ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އެބައޮތްކަމަށް މަޖިލިހުގެ ބިލެއްދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ޗެނަލް ތޭރައިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްވަމުން ހަލީމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ދެފެކްޝަން އޮތްކަމަށް ބަޔަކު ދެކޮޅު ހެދިޔަސް އެއީ ނެތްކަމަށް ނުވާނެކަމަށެވެ.

ހަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީގައި އޮތް ދެ ފެކްޝަނަކީ ކޮރަޕްޝަނަށް ތާއީދު ކުރާ ފެކްޝަނަކާއި، ކޮރަޕްޝަނަށް ނޫނެކޭ ބުނާ ފެކްޝަނެކެވެ.

ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކުރެވޭ މަސައްކަތުގައި ފާޅުގައި ދެކޮޅު ހައްދަވާ މެންބަރުން ތިއްބެވިކަމަށާއި އެމެންބަރުންނަކީ މިސަރުކާރުގެ ބާރުގަދަ ވަޒީރުންނާއި ގާތް ގުޅުމެއް އޮންނަ ބައެއްކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ވައްކަމަށް ތާއީދުކުރަނީ މަދު އަދަދެއްގެ މެންބަރުން ކަމަށާއި، މަޖިލިސް ތެރެއިންވެސް އަދި އެމްޑީޕީގެ ތެރެއިންވެސް ކޮރަޕްޝަނާއި ދެކޮޅު ފެކްޝަން މާބޮޑުކަމަށް ޚަލީމް ވިދާޅުވިއެވެ.

ސަރުކާރު ތެރޭގައި ތިބި ކޯލިޝަނަށް ނިސްބަތްވާ ފަރާތްތަކުން ހިންގަމުންދާ އެކި ކަންކަމުގެ ވާހަކަ ދެއްކުމަކީ ރައްޔިތުން އެމްޑީޕީގެ މަޖިލިސް މެންބަރުންނާ މަތިކޮށްފައިވާ ޒިންމާ ކަމުގައި ވިދާޅުވެ، ހަލީމް ވަނީ ޖުމްހޫރީޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އެންމެބޮޑަށް ޚިޔާނާތް ހިންގަމުންދަނީ ޤާސިމް އިބްރަހީމްގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންކަމަށާއި ވަކިން ޚާއްސަކޮށް ސްޓެލްކޯގެ އެމްޑީ އިސްކޮށް ހުންނަވައިގެން ބޮޑެތި ކޮރަޕްޝަން ހިންގަވާކަމަށް ހަލީމް ތުހުމަތު ކުރެއްވިއެވެ.

ހަލީމް ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން މިގޮތަށް ވެރިކަން ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫންކަމަށާއި ވެރިކަން ކުރުމަށް އޮތް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

މީގެ އިތުރުން އެމްއާރުއެމްގެ ސްލޮޓުގައި ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދަށްވެސް ހަލީމް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށުމާއިއެކު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ޒަހާ މަޤާމުން ވަކި ކުރުން ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވި ގޮތުގައި މަސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ގެނައުމަށް މިނިސްޓަރ ޒަހާ މަސައްކަތެއް ހަލީމް ވިދާޅުވީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދިގެން އުޅެނީ އެމްޑީޕީގެ ސިޔާސަތާއި ބީރައްޓެހި ވަޒީރަކު އެމަޤާމުގައި ހުންނެވުމުންކަމަށް ހަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: