ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުގެ މުވައްޒިފުން މަހަކު 1 ފަހަރު ކޮވިޑަށް ޓެސްޓް ކުރަންޖެހޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒިފުން މަހަކު އެއް ފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ލާޒިމުކޮށް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިން އާންމުކޮށްފި އެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަ އަލީ ރައްޒާން ވިދާޅުވީ މާދަމާ މާލެ ސަރަހައްދުގައި ގެސްޓް ހައުސް ހުޅުވާލާއިރު، އެންމެ ބޮޑު ސަމާލުކަމެއްދޭނީ އާންމު ރައްކާތެރިކަމާއިއެކު ފަތުރުވެރިކަން ހުޅުވާލުންކަމަށެވެ.

ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިން ބައިތިއްބާ ހޮޓާތަކުގެ މުވައްޒަފުން މަހަކު އެއްފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭ ގޮތަށް ގައިޑްލައިންވެސް ރޭ ވަނީ އާންމު ކޮށްފައެވެ.

ގައިޑްލައިންގައި ބުނީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ކޮންމެ މަހަކު އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ އެއްވެސް އަލާމާތެއް ހުރޭތޯ ކޮންމެ ދުވަހަކު ބަލަން ޖެހޭނެ ކަމަށްވެސް ގައިޑްލައިނުގައިވެއެވެ.

ގައިޑްލައިންގައިވާ ގޮތުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް ތިބެވޭނެ އެވެ. އަދި ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް އެހެން ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައްވެސް ދެވޭނެ އެވެ. ނަމަވެސް މާލޭގައި 48 ގަޑިއިރަށްވުރެ އިތުރަށް މަޑުކޮށްފިނަމަ ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައް ދެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކުގައެވެ. އަދި މާލޭގައި މަޑުކުރުމަށްފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިންވެސް ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: