ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭ ހިންގަމުން ދަނީ ސިޔާސީ ޕާޓީއެއްހެން: މުއާޒް

ރައީސް ޔާމީން އަބްދުލްގައްުޔޫމާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިނގަމުންދަނީ ސިޔާސީ ޕާޓީއެއް ހިންގާ އުސޫލުން ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައ ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ އެޗްޕީއޭއަކީ ސިޔާސީވެ ނިމިފައިވާ ތަނެއްގެ ގޮތުގައި ދިވެހިރައްޔިތުންގެ ވެސް ޤަބޫލުކުރަން ފަށައިފި ކަމަށެވެ.

މުއާޒް ވިދާޅުވީ ސަރުކާރުގެ އިސް ވަފުދުތައް ރަށްރަށަށް ދާއިރު އެޗްޕީއޭގެ ގަވައިދުތަކާއި އުސޫލުތައް އޮންނަނީ، އޮންނާނެ ތަނެއްގެ ގައި ކަމަށެވެ. ސަރުކާރުން ކަމެއް ކުރަންވެއްޖެނަމަ އެޗްޕީއޭ ގައިޑްލައިންވެސް ނޯންނަ ކަމަށް މުއާޒް ވިދާޅުވިއެވެ.

ރަށްރަށް ދާ ސަރުކާރުގެ ވަފުދުތަކުގައި ހިމެނެނީ ވަޒީރުންކަމެއް އެހެން ބައެއްކަމެއް ކޮވިޑަކަށް ނޭނގޭނެ ކަމަށާއި ސަރުކާރުގެ ވެރިން ރަށްރަށަށް ގޮސް އެހެން މީހުންނާއި މަސްހުނިވެގެން އުޅުމަކީ މިހާލަތުގައި ނުރައްކާތެރި ކަމެއް ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ ގައިޑްލައިނަކީ އޮންނަ އެއްޗެއްކަންވެސް އެނގެނީ ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނާއި ބައްދަލު ކުރައްވަން މާފުށީ ޖަލަށް ދިޔުމަށް ސަރުކާރުގައި އެދުމުން ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ވަކީލުން ދަނީ އެމަނިކުފާނާއި ބައްދަލުކުރައްވަން ކަމަށާއި ސަރުކާރުގެ ވަފުދުތައް ރަށްރަށަށް ގޮސް އެންމެނާ މަސްހުނިވާހެން ނޫން ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް ފޯރުވަން ކަމަށާއި، ރައީސް ޔާމީންގެ ވަކީލުންނާއި ބައްދަލުނުވާނެހެން ކުއްލި ކުއްލިއަށް ގައިޑްލައިންގެ ވާހަކަ އަންނަނީ އެހެންވެގެން ކަމަށް މުއާޒް ވިދާޅުވިއެވެ.

“ރައީސް ޔާމީނާއި ހަމައިން ގައިޑްލައިންވެސް ވަރަށް ހަރުކަށިއެބަވޭ، އިންސާފުވެރި ގޮތަކަށް ނޫން ކަންކަން ކުރަނީ، އަޅުގަނޑަށް ހީވަނީ ޒާތީ ކަމެއް އޮވެގެން އުޅޭހެން، ވަކިން ޚާއްސަކޮށް އިމްރާނު ރައީސް ޔާމީނާމެދު ޒާތީ ހަސަދައެއް އޮންނަހެން މި ކަންތައްތައް ކުރަނީ” މުއާޒް

މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ. ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް އެ މަނިކުފާނުގެ ވަކީލުންނަށް ވަނީ ދީފަ އެވެ.

ޔާމީންގެ ވަކީލުންނާއި ބައްދަލުވުންތަކަށް މި ސަރުކާރުން އެކި ހުރަސްތައް ކުރިމަތިކުރަމުންދާ ކަމުގެ ތުހުމަތު އެ މަނިކުފާނުގެ ވަކީލުން ގެންދަވަނީ ތަކުރާރުކޮށް ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ތުހުމަތުތަކާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ވަކީލުންގެ ބައްދަލުވުންތައް ހަމަޖައްސައިދޭން އޮންނަ އުސޫލުގެ ތެރެއިން ތަފާތުނުކޮށް ޔާމީންގެ ވަކީލުންނަށް އިންތިޒާމު އަބަދުވެސް ހަމަޖައްސައިދޭ ކަމަށެވެ. މިއީ ކޮވިޑް-19ގެ ހާލަތަށް ވުމުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނުވަތަ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ޖަލަށް ވަޑައިގަންނަވަން ބޭނުންވިޔަސް އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވެވަޑައިގެން އޮންނަ އުސޫލަށް އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: