ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޓެސްޓު ކުރުމަކީ ފިޔަފާރިއަކަށް ވެގެންނުވާނެ: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލުތަކެއް ހަދައިގެން ވަކި ބަޔަކަށް މަންފާވާ ގޮތަށް، ކޮވިޑަށް ޓެސްޓު ކުރުމަކީ ވިޔަފާރިއަކަށްކުރާ ކަމަކަށް ވެގެންނުވާނެ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ގިނަ މީހުން ޓެސްޓުކޮށްގެން ގިނަ ލާރި ހޯދާ އުސޫކުން ކޮވިޑަށް ޓެސްޓު ކުރާނަމަ އެކަންވާނީ ވިޔަފާރިއަކަށް ކަމަށެވެ. އަދި ކޮވިޑް ކޮންޓްރޯލްކޮށް އިތުރަށް ފެތުރިގެން ނުދާނެހެން ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ދައުލަތުގައި ހުންނަންޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިވަގުތު ކޮވިޑް ކޮންޓްރޯލް ކުރެވިފައި އޮތް މިންވަރުގައި ބާއްވައިގެން، މި ބަލިމަޑުކަން ނައްތާލުމުގެ ޤާބިލުކަން ސަރުކާރުގައި ހުންނާނެ ކަމަށެވެ. އެގޮތުން މިހާރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަހުމަދު ނަސީމަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި މިފަދަ ހާލަތްތަކުގައި އަޅާނެ ފިޔަވަޅުތަކާއި މަސައްކަތްކުރަންޖެހޭ ގޮތުގެ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި ހުންނާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމަކީ ކޮވިޑަށް އޮތް ވެކްސިނެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ނަސީމް މިނިސްޓަރު ކަމާއި ހަވާލުވި ހިސާބުން ކޮވިޑްގެ ބަލިމަޑުކަންވަނީ ވަރަށް ބޮޑަށް “މައިތިރި’ ކުރެވިފައި ކަމަށް ޖާބިރު ވިދާޅުވިއެވެ. މިހާރު ކަރަންޓީންވާން ޖެހޭ މުއްދަތު ދިހަ ދުވަހަށް ކުޑަކޮށްފައި ވިޔަސް، ހަގީގަތުގައި މިހާރު އެއްވެސް މީހެއް ކަރަންޓީން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި މިހާރު ކަރަންޓީންވާން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި ފުރަބަންދުކޮށްފައި އޮތް އޮތުންވެސް ނިމުމަކަށް ގެންނަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ޖާބިރު ވިދާޅުވީ މުޅި ދުނިޔެވެސް ކޮވިޑްގެ ވެކްސިނާއި ހަމައަށް ފޯރާފައިވުމެވެ.

ރާއްޖޭން ބޭރުން އަންނަ ދިވެހިންވެސް އަންނަނީ ޕީސީއާރު ޓެސްޓެއް ހަދައިގެން ކަމަށާއި، ފަތުރުވެރިން ކަރަންޓީން ވާންނުޖެހޭއިރު، ރާއްޖެއަންނަ ދިވެހިން ކަރަންޓީނު ވުމަކީ ދެއުޅިއެއްނުވާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ކަރަންޓީންވުމާއި ލޮކްޑައުންގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

“ރާއްޖޭގެ ރައްޔިތުންނަށްވެސް އެއް ރަށުން އަނެއް ރަށަށް ދެވޭނެ ފަސޭހަ ގޮތެއް އޮންނަން އެބަޖެހޭ، ބޭރުން ޓެސްޓު ހަދައިގެން ދިވެއްސަކުވެސް މި އަންނަނީ، އަޅުގަނޑުމެން ލޮކްޑައުން ދޫކޮށްލާފައި ނޯމަލައިޒްވާން ވެއްޖެ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރާއްޖެއަށް މިއައީ ވަރަށް އާދައިގެ ކޮވިޑެއް، މިސާލަކަށް ރައީސް މައުމޫނަށް މިޖެހުނީ ކޮވިޑުގެ ބައިކުޅަ ބައެއް” ޖާބިރު

މީގެ އިތުރުން ޖާބިރު ވިދާޅުވީ އެޗްޕީއޭ އިން ގެންގުޅޭ ހަރުކަށި އުސޫލުތައް “ވަގުތުން ވަގުތަށް” އުވާލަންޖެހޭ ކަމަށެވެ. އަދި މީހުން ބަންދުގައި ބައިތިއްބައިގެން އުޅުމަކީ އެތަކެއް އާއިލާ ތަކަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކޮވިޑުގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަކުން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ބަޔަކު ފުރަބަންދުކޮށްގެން ކަންކަންކުރަންޖެހޭ ހާލަތަށް ގޮއްސިނަމަ އެކަންވެސް ކުރަންޖެހޭނެ ކަމަށާއި އެކަމަކު މިވަގުތު ރާއްޖޭގައ އޮތީ އެފަދަ ހާލަތެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: