ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލްގެ ރައީސަކަށް ޝަހުބާން ފަހުމީ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމުގެ މަޤާމަށް ސަންގް ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އިންތިޚާބު ކޮށްފިއެވެ.

އަންގާރަ ދުވަހު 11 ޖެހިއިރު މީޑިއާ ކައުންސިލުގައި އޮތް ވޯޓުގައި، އެމްއެމްސީގެ ރައީސަކަށް ޝަހުބާން އިންތިޚާބުވިއިރު، ނައިބުރައީސަށް އިންތިޚާބުކޮށްފައިވަނީ ތިލަދުން އޮންލައިންގެ ޙުސައިން ޘަޤީފްއެވެ.

މީޑިއާ ކައުންސިލްގެ ރައީސް ކަމަށް ޝަހުބާން އިންތިހާބުވީ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އަލީ ހުސެއިންނާއި އަމިއްލަ ގޮތުން ކައުންސިލަށް ހޮވުނު މުހައްމަދު ޝަފާއު ހަސަންއާ ވާދަކޮށްގެންނެވެ.

މެންބަރުންގެ މެދުގައި ނެގި ވޯޓުން ޝަހުބާނަށް ހަ ވޯޓު ލިބުނެވެ. އަލީ ހުސެއިނަށް ފަސް ވޯޓު ލިބުނު އިރު، ޝަފާއު އަށް ލިބުނީ ތިން ވޯޓެވެ.

ނައިބު ރައީސްގެ މަޤާމަށް ކުރިމަތިލީ  ޘަޤީފު އެކަންޏެވެ. އޭނާ އިންތިޚާބު ކުރަން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އެ ވޯޓުގައި ފެންނަ ކަމަށް 14 މެންބަރުންގެ ވޯޓު ވެސް ލިބުނެވެ.

އާ ދައުރަކަށް މީޑިއާ ކައުންސިލަށް މެންބަރުން އިންތިހާބުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އާ މެންބަރުން ހޮވަން ބޭއްވި އިންތިހާބުގައި 187 މީޑިއާއަކުން ވޯޓުލި އެވެ. މީޑިއާތަކުން ހަތް މެންބަރުން އަދި އާއްމުންގެ ތެރެއިން ހަ މެމްބަރުން ތިބޭ އެ ކައުންސިލަށް މީޑިއާތަކުން 15 ފަރާތަކުން ކުރިމަތިލި އެވެ.

މީގެ ކުރިންވެސް މީޑިއާ ކައުންސިލަށް ރައީސަކު ހޮވުމަށް ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް އަލަށް އިންތިޚާބުވި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން ރައީސާއި ނައިބު ރައީސެއް އައްޔަންނުކުރެވި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

އެމްއެމްސީއަށް އާ ރައިސާއި ނައިބު ރައިސް ހޮވުމުގައި މައްސަލަ ދިމާވީ، ހޯމް މިނިސްޓްރީން އެ ބައްދަލުވުން އިންތިޒާމްކުރުމުންނެވެ. އިންތިޚާބުވި ބައެއް މެމްބަރުން ދެކޭ ގޮތުގައި، ރައީސާއި ނައިބު ރައީސް ހޮވުމުގެ ބައްދަލުވުމެއް ހޯމް މިނިސްޓްރީއަކަށް އިންތިޒާމެއް ނުކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: