ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ފެނިގެންދަނީ ސަރުކާރުގެ ކުށް ފޮރުވާން އެހީވާ އިދާރާއެއްގެ ގޮތުގައިކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރަށް ދެ އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއްތޯ ސުވާލު ކޮށްފައެވެ.
”އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟ ދަޢުވާކުރާގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒްކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް!“ ޖަމީލް ވިދާޅުވިއެވެ.
ސަރުކާރަށް 2 އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއް؟ އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟ ދަޢުވާކުރާގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒްކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް! pic.twitter.com/3GlHr1X0r2
— Mohamed Jameel Ahmed (@MJameelAhmed) December 16, 2020
ޖަމީލް މިހެން ވިދާޅުވިއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި މައްސަލައެއްގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
ނިހާންގެ ޕާސްޕޯޓު ހިފެހެއްޓިއިރު އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު އޭނާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

