ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް ބޭއްވުގެ ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރު މުބާރާތްތަކާއި ޙަފްލާތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީން(އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭއިން ބުނީ އެ އިދާރާއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކުޅިވަރު މުބާރާތްތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވޭނެކަމަށެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މި ބަދަލާ އެކު މާލޭ ސަރަހައްދުގައި އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން މަނާކޮށްފައި އޮތް އޮތުންވެސް އެޗްޕީއޭއިން ވަނީ ނިމުމަކަށް ގެނެސްފައެވެ.

އެޗްޕީއޭއިން ބުނީ މި ބަދަލުތައް ގެނައި ނަމަވެސް ބައެއް ނިންމުންތަކަށް އަދިވެސް ލުއި ދީފައިނުވާކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގައި ދަންވަރު ބާރައިން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް ނުކުމެ އުޅުން އަދިވެސް މަނާވާނެއެވެ. އަދި މާލޭ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ މީހުން މީހުން ކަރަންޓީނު ވާންޖެހޭނެއެވެ. އަދި ބޭރުގައި އުޅޭނަމަ ހުރިހާ ވަގުތެއްގައިވެސް އުޅެން ޖެހޭނީ މާސްކު އަޅައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: