ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ކުރަނީ މާޗް މަހު އިންތިޚާބު ބާއްވަން: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، ސަންގުޓީވީގެ ހަބަރަށް ފަހު ޕްތޮގުރާމުގައި: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވަން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ކަމަށާއި އެކަމަކު އިންތިޚާބު ބޭއްވޭނެ ތާރީހެއް ދަންނަވަން އެގޭނީ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންތިޚާބު ބާއްވަން މަސައްކަތްކުރިނަމަވެސް މިހާރު އެތާރީހުގައި އިންތިޚާބު ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިންތިޚާބު ބޭއްވެން އޮތީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޞީއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމިގެންނެވެ. އަދި ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުލައިގެން ގޮސްދާނެ ދުވަހެއް އެނގިފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

“ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެން. އެހާލަތު އުވާލާތާ 7 ދުވަހުގެ ތެރޭގައި އިންތިޚާބް އިއުލާން ކުރަންޖެހޭކަމަށް ވަގުތީ ޤާނޫނުގައިވެސް ބުނެފައިވަނީ. އަޅުގަނޑުމެންނަށް އިންތިޚާބް ބޭއްވޭނީ މިކަންކަން އެގުމުން” ޝަރީފް

މީގެ އިތުރުން ޝަރީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިންތިޚާބް ބޭއްވުމަށް ތައްޔާރުވިޔަސް، އިންތިޚާބަށް ބޭނުންވާ ބަޖެޓާއި، އިންތިޚާބ ބާއްވާނެ ތާރީހެއް ސާފުނުވެ މަސައްކަތް ކުރަންޖެހުމުން ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު ނުބޭއްވި ދިގުލައިގެން ދިއުމުން ވަރަށް ގިނަ ބަޔަކު ނަންވެސް ނަގާފައިވާ ކަމަށާއި މިހާތަނަށް 114 މީހަކު ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ހިމެނޭހެން ނަން އަބުރައި ނަގާފައިވާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނާއި މެދު ކުރަމުން އަންނަ ތުހުމަތުތަކަށް އިޝާރާތްކޮށް ޝަރީފް ވިދާޅުވީ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ޒިންމާދާރުކަމާއިއެކު ޤާނޫނުގައި މަތިކޮށްފައިވާ ގޮތަށް ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ މުސްތަޤިއްލުކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ޒިންމާދާރުކަން ކުޑަކޮށް މަސައްކަތް ނުކުރުމަށް ޝަރީފްވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކޮމިޝަން ބަދުނާމުކޮށް އެވާހަތައް ދައްކަމުންދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތިކަމަށެވެ. އިންތިޚާބް ލަސްކުރުމަށްވެސް އަވަސް ކުރުމަށްވެސް ޤާނޫނީ އެއްވެސް ބާރުވެރިކަމެއް މިވަގުތު އިލެކްޝަން ކޮމިޝަނުގައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔތުންގެ ތެރޭގައި އިލެކްޝަން ކޮމިޝަނާއިމެދު އޮތް އިތުބާރު ނަގާލައި، ކޮމިޝަންގެ މެމްބަރުންނާއި، މުވައްޒިފުންނަށް ރައްޔިތުންކުރާ އިތުބާރު ކުޑަވާގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: