ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ އާ ބާވަތްތަކުން ސަލާމަތްވެވޭނީ ފިޔަވަޅުތަކަށް ސަމާލުވެގެން: ނަޒްލާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުން މިހާރު ފެނިގެންއުޅޭ ކޮވިޑް ވައިރަހުގެ އާ ވައްތަރުން ސަލާމަތްވެވޭނީ ބަލި ކޮންޓްރޯލުކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުކޮށްގެންކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް ފެނި އެ ވައިރަސް ފެތުރެން ފަށާފައިވީ ނަމަވެސް އެއީ ކޮވިޑް-19 އަށްވުރެ ފުރާނައަށް ނުރައްކާ ވޭރިއަންޓެއް ކަމަށް އަދި ނުބެލެވޭ ކަމަށާއި ނަމަވެސް މިކަން ކަށަވަރުކުރުމަށް ދިރާސާތަކެއް ކުރަމުންގެންދާ ކަމަށް ސައެންސްވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ބަދަލުތަކެއް އައިސްފައިވާ ވައިރަހުގެ ވައްތަރު ނުވަތަ އާ ސްޓްރެއިންންގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

މިފަދަ ބާވަތްތަކުގެ މަޢުލޫމާތު ލިބެނީވެސް އެގޮތަށް ބަލިފެތުރެން ފަށާފަހުންކަމަށާ، އެ ބާވަތްތަކުގެ ކަންކަން ގާތުން ބައްލަވަމުންދާކަމަށް ނަޒްލާ ވިދާޅުވިއެވެ.

“މިކަމާއި ގުޅިގެން މިހާރު ހުރި ފިޔަވަޅުތައް އިމްޕްލިމެންޓޭޝަން ރަނގަޅުކުރުމާއި، އަދި ފިޔަވަޅުތަކަށް ސަމާލުކަންދީ އެކަންކަން ތަންފީޒުކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ” ނަޒްލާ ވިދާޅުވިއެވެ.

އަލަށް ފެނުނު ވޭރިއަންޓާ މެދު ކަންބޮޑުވުން އުފެދިފައި ވަނީ އެއީ ކޮވިޑް-19އާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިނަށް ނުގުޑާ ބާވަތަކަށް ވެދާނެކަމުގެ ބިރު އޮތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: