ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަޤީގަތް އޮޅުވާލަން ވާހަކަ ދައްކަނީ ހޯދަމުންދާ ކާމިޔާބީގެ ބޮޑުކަމުން: ފެނަކަ

ގދ. ތިނަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ އެޅުން/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނި ބަދުނާމުކޮށް، ހަޤީގަތް އޮޅުވާލާ ކޮރަޕްޝަނުގެ ތުހުމަތުކޮށް، ފެނައިގެ ވެރިންގެ އަބުރު ކަތިލަމުންދަނީ ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ ބަޔަކު ކަމުގައި ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާއިތުވެ ދިޔަ މާޒީގައި ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުންފެށިގެން ކުންފުނީގެ ހިނގުމަށް އިންޤިލާބީ ބަދަލެއް ގެނެވިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ އެކުންފުނިން ގެނައި ބަދަލާއި ގުޅިގެން ބަޔަކު ޙަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަނާއިމެދު މިހާރު ދެކެވެމުންދާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކަކީ، މިއަދު ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ މަދު ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެފަދަ ކަންކަމަކީ ކުންފުނީގެ އެކި މަޤާމުތަކުގައި ތިއްބެވި ވެރިންގެ ޢަބުރު ކަތިލުމަށް ހިންގަމުންދާ ނާތަހުޒީބު ފިނޑި ޢަމަލެއްކަމުގައި ފެނަކަ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑު ކިޔުއްވުމަށް މަރުހަބާ ކިޔާކަމަށް ބުނެފައިވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު، ސާބިތު ނުހިފޭ ދޮގުވާހަކަތައް ފެތުރުމަށް ފެނަކަ އިން ފުރުޞަތެއް ނުދޭނެއެވެ.

ފެނަކަ އާއި އެކުންފުނީގެ ވެރިންނާއި މެދު  އެކިފަރާތްތަކުން ޝާއިޢު ކުރަމުންދާ ހަޤީޤަތާއި ޚިލާފު ވާހަކަތަކުން އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސްޖެހުމަކާއި ނުލާ ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ނޫސް ބަޔާނެއް ނެރިފައި މިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި އެތައް ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން (އޭސީސީ) އަށް މައްސަލަތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ހުށަހަޅާފައވާ މައްސަލަތަކުގެ ތެރޭގައި ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް ގާތް ފަރާތްތަކުގެ ކުންފުނިތަކުން މިލިއަން ރުފިޔާގެ ވިޔަފާރިކުރުމާއި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އައީލީ މަސްލަހަތު އޮންނަ ފަރާތްތަކަށް އެތައް މިލިއަން ރުފިޔާގެ ވިޔަފާރިއެއް ދީފިއިވުން ފަދަ ތުހުމަތުތައް ހިމެނެއެވެ.

ކޮރަޕްޝަންގެ އެތައް ކަމެއްގެ ބޮޑު ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި ވިޔަސް އަދި އެފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: