ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ ރައީސަކަށް ފުއާދު ނުލަނީސް އިންތިޚާބަކަށް ނުދާނަން: އިދިކޮޅު ކޯލިޝަން

އިދިކޮޅުން އެ ޕާޓޯގެ އޮފީސް ކުރިމަތީ ބޭއްވި ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސްގެ ކޮމިޝަންސް (އީސީ)ގެ  ރައީސްކަމަށް އެކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގު ހަމަ ނުޖައްސަނިސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އެކޮމިޝަނުގެ މިހާރުގެ ރައީސް އަހުމަދު ޝަރީފް ހުންނަވައިގެން މިނިވަން އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ އިތުބާރު އޮތީ ފުއާދަށް ކަމަށާއި ޝަރީފް އެ މަޤާމުގައި ހުންނަވައިގެން އިންތިޚާބަކަށް ނުދާނެ ކަމަށެވެ. އަދި އެކޮމިޝަނުގެ ރައީސަކަށް ޝަރީފް ހުރެގެން ބާއްވާ އިންތިޚާބެއް މިނިވަން ނުވާނެކަން އެންމެ ރަނގަޅަށް އެނގިވަދައިގަންނަވާނީވެސް ފުއާދަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި މަކަރާއި ޚީލަތް ހެދީ ޝަރީފު އެތަނުގެ ރައީސަކަށް ހުންނަވައިގެން ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ. އަދި އީސީގެ މެމްބަރުން ވެސް ޝަރީފަށް އިތުބާރު ނުކުރާ ކަމަށާއި އެ ހާލަތުގައި އިދިކޮޅަށް ވެސް އޭނާއަށް އިތުބާރެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ

އިދިކޮޅު ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ފުއާދު އަންނަން ތާޢީދުކުރާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ކޮމޮޝަންގެ ރައީސަކަށް ހުންނެވީ ފުއާދެވެ.

އީސީގެ ރައީސް ކަމަށް ޝަރީފް އައްޔަނުކުރީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމަށް މިދިޔަ ރިއާސީ އިންތިހާބު ނާކާމިޔާބުވި ހިސާބުން ޝަރީފާއި މުޅި އީސީ އަށް އެ ޕާޓީން އަންނަނީ ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ.

މީގެ އިތުރުން ޝުޖާ ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީހެއް ނުދިނުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށާއި އެގޮތުން ސަރުކާރުން ގެންގުޅޭ އެންމެބޮޑު ހަތިޔާރަކީ އެޗްޕީއޭކަމަށެވެ.

ރާއްޖޭގައި އޮތް ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލައި އިންތިޚާބު ނުބޭއްވޭނެ ހުރިހާ މަގެއް ހޯދުމަކީ އެޗްޕީއޭގެވެސް މިއަދުގެ އަމާޒުކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް ދިވެހި ރައްޔިތުން ތާއަބަދު އިންތިޚާބް ބާއްވާނެކަމަށް ބަލައިގެން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށާއި އެ މަސައްކަތުގެ ފެށުން މި ހޮނިހިރު ދުވަހުގެރޭ ފައްޓާނެކަމަށެވެ.

އިންތިހާބު ލަސްވެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވާން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ކައުންސިލް އިންތިޚާބު ބޭއްވުމަށްވުރެ އެމްޑީޕީގެ ތެރޭގައި އޮތް ލީޑަރޝިޕް ވާދަވެރިކަމުގައި، އެޕާޓީގެ ޤައުމީ މަޖިލީހުގެ ގޮނޑިތަކުގެ ވާދަވެރިކަން މާބޮޑު ކަމަށެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލް އިންތިޚާބަށްވުރެ އަމިއްލަ ޕާޓީތެރޭގައި އޮތް ކޯޅުން ބޮޑުވެ، ރައީސް ނަޝީދާއި، ރައީސް ޞާލިހު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކޮންޓްރޯން ނެގުމަށް މިހާރު ކުރަމުންދާ ކެންޕެއިން މާ ވަރުގަދަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: