ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ޝަކުވާތަކާއެކު ފެލިވަރަށް, ބޭނުންވަނީ ރައީސާއި ބައްދަލުކުރަން!

މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިން ފެލިވަރުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މަސްވެރިންގެ ޚަބަރުތައް ގެނެސްދޭ “މަސްވެރިން” ވެބްސައިޓުގައިވާ ގޮތުން އިހުތިޖާޖުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދޯނިފަހަރަށް ކަނޑުގަދަވުމުގެ ސަބަބުން އަދި ފެލިވަރަށް ދެވިފައިނުވާ ކަމަށެވެ. އެހެންނަމަވެސް، މިހާރުވެސް ވިއްސަކަށް ދޯނި ފެލިވަރާއި ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.

މަސްވެރިން ބުނީ ފެލިވަރަށް އިހުތިޖާޖަށް ނުކުންނަށް ޖެހުނީ މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ނައުމުންކަމަށެވެ. އަދި މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބޭތޯ ވަރަށް ދުވަހު ކެތްކުރެވިއްޖެ ކަމަށާއި އެހެންނަމަވެސް، މިހާތަނަށް އައިއިރު އެއްވެސް މައްސަލައަކަށް ހައްލު ލިބިފައިިނުވާ ކަމަށެވެ. މިއިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި އަޑު އުފުލާނީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްގީކޮށްފައިވާ ށ. ކީކިމީނި މަސްވެރިންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ކަމަށެވެ. އަދި މަސްވެރިންގެ އެންމެ ބޮޑު އެދުމަކީ ރައީސާއި ބައްދަލުކުރުންކަމުގައި މައުލޫމާތުލިބެއެެވެ.

މިއިހުތިޖާޖުގައި ބައިވެރިވާ މަސްދޯނިފަހަރުތައް މިހާރު ފެލިވަރަށް ދިޔުމަށް ދަތުރު ފަށާފައިވާއިރު، އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާނީ ދޮށީގެ މަސްވެރިކަން ކުރާ ދޯނިފަހަރުކަމަށް މައުލޫމާތު ލިބެއެވެ.

މަސްވެރިންގެ ޝަކުވާތަކަށް ހަައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާއިރު، މިހާރަަކަށް އައިސް މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލަމުންދާ މިންވަރު މިހާރަކަށް ވަނީ އިތުރުވެފައެވެ، ޚާއްސަކޮށް އިދިކޮޅުން މިކަމުގައި ހަރަކާތްތެރިވަމުންދާ މިންވަރު ބޮޑުކަން ފާހަގަކުރެވެއެވެ.

އެގޮތުން އެކި ފަހަރުމަތިން މަސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުކުރަމުންދާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މަޖިލީހުގެ ޖަލްސާތަކުގައި މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް އެކި ފަހަރުމަތިން ވަނީ ގަރާރުތައް ހުށައަޅާފައެވެ. އަދި ސަރުކާރުން ވަނީ މަސްވެރިކަން އިނދަޖައްސާލާފައިކަމަށް ބުނެ ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

މިމައްސަލާގައި ސަރުކާރުން ވަނީ މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އަންނަ އަހަރުވެސް މަސްވެރިކަމަށް ޚާއްސަ މަޝްރޫއުތަކެއް ހިމަނާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، މަސްކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި، އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެ ކަމަށާއި އަދި މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: