ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ މަސްވެރިންތަކެއް ފެލިވަރުގައި މުޒާހަރާ ކުރަމުން ދިއުމާ ގުޅިގެންނެވެ.

އެގޮތުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމަށާއި އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ ކަމަށެވެ.

“މަސްވެރިން ހާލުގައި ޖެހުމަކީ ޤައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން. ހުރިހާ ބާރެއް ލިބުމުން ހަމަ އަގު ނުދިން. ހައްލަކީ ވޯޓުން ސަރުކާރު ބަލިކުރުން.” ޖަމީލް ވިދާޅުވިއެވެ.

މިއަދު ހެނދުނު ފެށި މި މުޒާހަރާއަށް މަސްވެރިން ނުކުތީ ސަރުކާރަށް ވަރަށް ވަގުތު ދީގެންވެސް މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމުގެ އަލި މަގެއް ނުފެނުމުން ކަމަށް ބުނެފައެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ މަސް ނުކިރި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ތަކުރާރުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: