ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަކީދޫ ބަނދަރުގެ 64 އިންސައްތަ ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ ނިމިއްޖެއެވެ.

މިމަސައްކަތ ކުރަމުންދަނީީ އެމްޓީސީސީ އިންނެވެ.

އެމްޓީސީސީ ބުނީ އެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އާ ގޮނޑުދޮށް ސަރަހައްދުގެ ނެރު ފުން ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއު މޮބައިލައިޒް ކުރެވިފައިވަނީ ޖޫން 8، 2020 ގައެވެ.

ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ އޮކްޓޯބަރު 19، 2019 ގައެވެ. އެއީ 349 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 18.5 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި 156 މީޓަރުގެ ބޭރު ތޮއްޓަކާއި 74 މީޓަރުގެ ރިވެޓްމެންޓް އަދި 164 މީޓަރުގެ އެއްގަމު ތޮށި ލާނެއެވެ. 8 މޫރިން ބޮއެ ހަރުކޮށް 8 ބަނދަރު ބައްތި ހަރުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ދެ ނެރި ބައްތި ހަރުކޮށް ބަނދަރާއި ނެރު ފުންކޮށް، ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާ މިނުގައި ޕޭވްމަންޓް ހަދަން ވެސް ވަނީ ނިންމާފައެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: