ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ބަސް ހިނގާ ޖޭއެސްސީއިން ޝަރުޢީ ނިޒާމް އިސްލާހު ކުރާނެ: އިންތި

މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ބަސް ވިކޭ ޖުޑީޝަލް ސާވިސް ކޮމިޝަނަކުން، ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހު ކުރާނެ ކަމަށާއި މިވަގުތު ރައްޔިތުން އޮތް ޔަގީން ކަމަކީވެސް އެއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން އިންތިވި ވިދާޅުވީ، މިވަގުތު ރައްޔިތުންނަށްވެސް އޮތް އެންމެ ބޮޑު ހިތް ހަމަޖެހުމަކީ އެމްޑީޕީގެ ބަސްހިނގާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް އޮތުން ކަމަށެވެ. އަދި ޖުޑީޝަރީ އިސްލާހުކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެކަން ރައްޔިތުންނަށް އެނގޭ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެމްޑީޕީއަށް ވޯޓުދީގެން ވެރިކަމާއި ރައްޔިތުންގެ މަޖިލޫހުގެ އަޣްލަބިއްޔަތު ދިވެހިރައްޔިތުން ޙަވާލުކުރި އެންމެ ބޮޑު އެއް ސަބަބަކީވެސް ޖުޑީޝަރީ އިސްލާޙުކުރުން ކަމަށެވެ. އެގޮތުން ޖުޑީޝަރީ އިސްލާހުކުރުމުގެ ގޮތުން ބޮޑެތި މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަށް ނުފޫޒްފޯރުވާ، ފަނޑިޔާރު ގެތަކަށް އަތްބާނާ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަވަނީ ފަހަރުގައި އެފަރާތްތަކަށް ކޯޓުތަކަށް އަތްބާނާ، ޖީއެސްސީއަށް ނުފޫޒު ނުފޯރުވޭތީ ކަމުގައިވެދާނެ ކަމަށް އިންތި ވިދާޅުވިއެވެ. އެކަމަކު ރާއްޖޭގެ ޖުމްލަ ރައްޔިތުން އެވާހަކަތައް ޤަބޫލެއް ނުކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި ގޮތުގައި ޖޭއެސްސީ އަކީ އިދިކޮޅު ފަރާތްތަކަށް އަތްބޭނޭ ގޮތަށް އޮތް ތަނަކަށް ވެއްޖެއްޔާ، ބޭނުން ގޮތަކަށް ހުކުމްތައް ނެރެވޭނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.

“ޖޭއެސްސީއަކީ އިދިކޮޅު ފަރާތްތަކަށް އަތްބޭނޭ ގޮތަށް އޮތް ތަނަކަށް ވެއްޖެއްޔާ، ބޭނުން ގޮތަކަށް ހުކުމްތައް ނެރެވޭނެ ކަމަށް އެފަރާތްތަކުން ދެކޭ، އެހެންނުވާތީ ޖުޑިޝަރީ ގޮސްވެގެން މިއުޅެނީ، އެގޮތަކަށް ނޫން، ރައީސް ނަޝީދު އެތަނުގައި ހުންނަވާހާ ހިނދަކު އަޅުގަނޑަށް ޔަގީން އެއްވެސް ބަޔަކަށް ޖޭއެސްސީއަށް އަތް ބޭނުމުގެ ފުރުސަތެއް ނުދެއްވާނެ، އެއީ އެބޭފުޅުންގެ ވަރަށް ބޮޑު ބިރަކަށްވާނެ، އެންމެނަށްވެސ އެނގޭ ކުރީގެ ވެރިކަންތަކުގައި ކޯޓުތަކަށް އަތްބާނައިގެން ކަންކަން ކުރިކަން” އިންތި

މީގެ އިތުރުން އިންތި ވިދާޅުވީ މި ސަރުކާރުންވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންވެސް، ފަނޑިޔާރުގެއަށް އަތް ބާނައިގެން ވަކި ގޮތަކަށް ހުކުމްތައް ނެރެކޭކަށް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

އިންތި ވިދާޅުވީ އެމްޑީޕީން އަބަދުވެސް ބަލަނީ ފަނޑިޔާރު ގެތަށް އިސްލާހުކުރަން ކަމަށާއި އެމަސައްކަތް ވަރަށް ބޮޑަށް ކުރެއްވިޖެ ކަމަށެވެ. އެގޮތުން ކުރީގެ ސުޕްރީމް ކޯޓު ބަދަލުކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެހެން ކޯޓުތަކުގައި ތިއްބެވި އެކި ކަހަލަ ތުހުމަތުތައް އަމާޒުވެފައިވާ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރެއްވިފައިވާ ކަމުގައިވެސް އިންތި ފާހަގަކުރެއްވިއެވެ.

ޖޭއެސްސީ މިނިވަންކުރި ނަމަވެސް އެތަނުގައި ބައިތިއްބާނީ ކޮންމެވެސް ބައެއް ކަމަށާއި އެތަނުގައި ފަނޑިޔާރުން ބައިތިއްބާނަމަ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފަނޑިޔާރުން ތިބެގެން ޖޭއެސްސީން ރަނގަޅަށް ކަންކުރާނެކަމަށް ރައްޔިތުން ޤަބޫލެއް ނުކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: