ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫރިމަނާ ދައްކަން ޑީއާރުޕީއަށް ހަ މަހުގެ މުހުލަތެއްދީފި!

ރައީސްއަށް ކުރި ރިޝްވަތުގެ ތުހުމަތުގެ މައްސަލައިގައި އޭސީސީއަށް ބަޔާން ދޭން ޖާބިރު ދެކޮޅު!
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 125،000ރ. އަން މަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ދައްކަން މުހުލަތެއްދީފިއެވެ.

ޑީއާރުޕީއަށް އެ މުހުލަތު ދީފައިވަނީ ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމުން ކޯޓުންނެވެ. އިލެކްޝަންސް ކޮމިޝަނުން ކުރި ދައުވާ ނިންމާ ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ނިމުނު ހަފްތާގެ ތެރޭގައެވެ.

ޑީއާރުޕީން އީސީ އަށް ޖޫރިމަނާގެ ގޮތުގައި 125،000.ރ ދައްކަން ޖެހުނީ މިދިޔަ ތިން އަހަރު ވެސް، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަ ނާޅައިގެން ޖޫރިމަނާކުރުމުން ވެސް ފައިސާ ނުދައްކާ އޮތުމުންނެވެ.

ޑީއާރްޕީން 2016 ވަނަ އަހަރު 50،000ރ. އިން ޖޫރިމަނާ ކުރި އިރު ޖެހިގެން އައި އަހަރު 25،000ރ. އިން އަދި މިދިޔަ އަހަރު 50،000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ.

ކޯޓަށް ދިޔުމުގެ ކުރިން އިސީންވަނީ ފައިސާ ދައްކަން ތިން ފަހަރެއްގެ މަތިން ޑީއާރުޕީއަށް ފުރުސަތުދީފައެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ޑީއާރުޕީން އެ ދައުވާއަކަށް އިންކާރުކޮށްފައެއް ނުވެއެވެ.

ޑީއާރުޕީން އީސީ އަށް ދައްކަން ހުރި ފައިސާގެ އިތުރުން ބައެއް ކުންފުނިތަކަށް ވެސް އެ ޕާޓީން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުއްޓެވެ.  އޭގެ ބައެއް މައްސަލަތައްވެސް ކޯޓުތަކުގައި އެބަ ހިނގައެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެެރިކަމުގައި އެ މަނިކުފާނު އިސްކޮށް ހުންނަަވައިގެން އުފެއްދެވި ޕާޓީއެކެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓީޕާޓީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރެއްވީ ޑީއާރްޕީގެ ޓިކެޓްގަ އެވެ.

ޑީއާރުޕީގެ މިހާރުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެފައިވަނީ އެޕާޓީގެ ދަރަނީގެ މައްސަލަތަކުގައި ކުރީގެ ވެރިންގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށެވެ.

ޑީއާރުޕީން 2007 ވަނަ އަހަރު ކޮށްފައިވާ ދަތުރުތަކެއްގެ އަގަށް ދައްކަން ޖެހޭ 24،000 އަށް ވުރެ ގިނަ ޑޮލަރު ހޯދަން ސަންލޭންޑް ޓްރެވެލްސް އިން ފޮނުވާފައިވާ ކަމަށް ބެލެވޭ ބިލަކާ އެކު ކުރި ޓްވީޓެއްގައި ޑީއާރުޕީން ބުނެފައިވަނީ އެ ޕާޓީގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ޕާޓީ ދޫކޮށް ދިޔައީ މެމްބަރުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށެވެ.

މީގެ އިތުރުން ހަބް ކުންފުންޏަށް ފައިސާ ދައްކަން ޑީއާރުޕީގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލައިގައިވެސް އެ ޕާޓީގެ ކުރީގެ ލީޑަރު ރައީސް މައުމޫން ކޯޓަށް ހާޒިރު ކޮށްދޭން ޖާބިރު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވެއެވެ.

ހަބް ކުންފުންޏަށް ހަތް ލައްކަ އަށް ވުުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ޕާޓީން އެކި ފަހަރު މަތިން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދެއްކުމުންނެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެ ހުކުމް ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހަބް ކުންފުންޏަށް ފައިސާތަކެއް ދައްކަން އަންގާފައިވަނީ 2008 ގައި ހޯދި ކަމަށް ބުނާ ޚިދުމަތްތަކަކާ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި ނުދޭ ޚިދުމަތްތަކަކަށް އިންވޮއިސް ފޮނުވާފައި އެބަހުރި ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން އޭރުގެ އެ ޕާޓީގެ ލީޑަރު މައުމޫން ކޯޓަށް ހާޒިރު ކުރައްވައި، އެ މައުލޫމާތު ސާފުކުރަން އެދިވަޑައިގަންނަވާ ކަމަށާއި ޑީއާރުޕީގެ މިހާރުގެ ލީޑާޝިޕަށް އެ މައުލޫމާތުތައް ރަނގަޅަށް ސާފުނުވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: