ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުގްޔާގެ ނަމުގައި އަނިޔާ ކުރި މައްސަލައިގައި ދައުވާކުރަން ޕީޖީއަށް!

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން: ފޮޓޯ/ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރުގުޔާގެ ނަމުގައި ހަތަރު މައިން ގޭގައި ބަންދުކޮށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މީޑިއާތަކާއި މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނެފައިވަނީ އަންހެނަކާއި، އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން ދެ މީހަކު ހައްޔަރު ކުރިއެވެ. އެއީ ޖިންނީގެ އުނދަގުލުން ސަލާމަތް ކުރުމަށްކަމަށް ބުނެ، ސިހުރުގެ އަމަލުތައް ހިންގި 24 އަހަރުގެ ފިރިހެނަކާއި، އަނބި މީހާއާއި އޭނާގެ ދޮންދަރިންނާއި މެދު ހިންގި އެ އަމަލުތަކަށް ހިއްވަރު ދިން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.

މެދު ރާއްޖެ ތެރޭގެ ރަށެއްގައި ހިނގަމުން ދިޔަ އެ އަމަލުތައް ފަޅާއަރުވާލާފައި ވަނީ ރާއްޖޭގެ އޮންލައިން މީޑިއާއެއް ކަމަށް ވާ ”މިހާރު“ އެވެ. ރުގްޔާގެ ނަމުގައި ހަތަރު މައިންނަށް އަނިޔާކޮށްފައިވަނީ ހަށިގަނޑުގެ ތެރޭގައި ޖިންނި އުޅޭކަމަށް ބުނެއެވެ. އަދި ކުޑަ އަންހެން ކުއްޖާ ސްކޫލަށް ފޮނުވުން މަނާކޮށް، އެ ކުއްޖާ އެކަހެރިކޮށް ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށްފައި ވެއެވެ.

އަނިޔާ ލިބުނު ފަރާތުގެ އާއިލާގެ ބައެއް މެމްބަރުން ވަނީ އެ ހާދިސާގެ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑުގެ ތެރޭގައި ޖިންނި އުޅޭކަމަށް ބުނެ، ރުގްޔާގެ ނަމުގައި އަންނަ މީހާ ވަނީ އަނިޔާކޮށްފައެވެ. އަދި އެއީ ޖިންނިއަށް އަދަބު ދިނުމަށް ކަމަށް ބުނެ ހިންގި އަމަލުތަކެއް ކަމަށް ވެއެވެ.

އަންހެން މީހާއަށް ނިދާނެ ފުރުސަތުތަކެއް ނުދިނުމާއި، އޭނާގެ ދަރިންނަށް ވަކި ވަގުތުތަކެއްގައި ކެއުން މަނާކުރުން ނުވަތަ އެއްވެސް ގޮތަކަށް ކާން ނުދީ ބޭތިއްބުން ހިމެނެއެވެ. އަދި ރަތް ކުލައިގެ ހެދުން ލުން މަނާކޮށް، ރުގްޔާގެ ނަމުގައި އަންނަ މީހާގެ ހުއްދައެއް ނެތި އެއްވެސް ތަނަކުން ތެދުވެ، ކައި ބޮއެ ހެދުން ވެސް މަނާ ކުރިއެވެ.

ސޯޝަލް މީޑިއާގައި އާއިލާގެ ބައެއް މެމްބަރުން ވަނީ، އަންހެން މީހާ އާއި އޭނާގެ ކުދިންނަށް ނަފްސާނީ ގޮތުން ތަފާތު އެކި މައްސަލަތަކެއް ދިމާވެފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ ކުދިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައާއި އެކު އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ވެސް ސޯޝަލް މީޑިއާގައި އިތުރުވެގެން ދިޔައެވެ. އަދި ފުލުހުން ވަނީ ޖެންޑާރ މިނިސްޓްރީ އާއި ގުޅިގެން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮޔިގައި ތަހުގީގު ކުރަމުން ދާ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: