ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން ރަނގަޅެއް ނުވޭ، ރިސޯޓުތަކުން ޕެކޭޖް ވިއްކަނީ އަގު ދަށްކޮށް ފްރީ ނައިޓާއެކު: ކާނަލް

ކާނަލް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުންދާކަމަށް ކަމަށްބުނެ ސަރުކަރުން ދައްކަވަމުންދާ ވާހަކަތައް ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކާނަލް ނަޝީށު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެއްޖެކަމަށް ދެއްކެވުމަށް ސަރުކާރުން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުންނުދާކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ފަތުރުވެރިން އަންނަ ނިސްބަތް އިތުރުވެ، ރިސޯޓުތައް އޯވަރބުކް ވަމުންދާ ކަމަށެވެ. އަދި ސަރުކާރުންވެސް އެކަން ހާމަކުރައްވަމުން ގެންދަވާއިރު، އޭގެ ފަހަތުގައިވާ ކަންކަން އާންމު ރައްޔިތުންނަށް އޮޅުން ފިލުވައިދެމުން ނުދާ ކަމަށެވެ. ރިޒޯޓްތައް އޯވަރބުކްވަމުންދަނީ ކުރިން ވިއްކަމުންދާ ޕެކޭޖްތަކުގައި ނޫންކަމަށާއި ކުރިން އާމްދަނީ ލިބޭ މިންވަރާއި ގާތަށްވެސް ރިސޯޓުތަކަށް އާމްދަނީ ލިބެމުން ނުދާކަމަށެވެ. ރިޒޯޓްތަކުން ޕެކޭޖްތައް ވިއްކަމުންދަނީ ކުރިއަށްވުރެ ކުޑަ އަގެއްގައި ކަމަށާއި ޕެކޭޖްތަކުގައި ފްރީ ނައިޓްތައްވެސް ހިމެނޭ ކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ ކުދިންނަށް ނުވަތަ މީހުންނަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސާވިސް ޗާޖް ކަމަށާއި ފަތުރުވެރިން ރާއްޖެ އައިސް ހޭދަކުރާ ވަގުތު މަދުވުމަކީ ސާވިސް ޗާޖް ދަށްވެގެންދާނެކަމެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުވައްޒަފުންނަށް ގެއަށް ގެންދިޔުމަށް ލިބޭ އެތިކޮޅު މަދުކަން ނަޝީދު ފާހަގަކުރެއްވިއެވެ. މިއާއެކު، ރާއްޖޭގެ އިގްތިސާދަށް ވަންނަމުންދާ ޑޮލަރު ވަރަށް މަދުކަމަށާއި އިގްތިސާދު ރަނގަޅަށް ހަމަޔަކަށް އެޅުމަށް ދެއަހަރެއްހާ ދުވަސް ނަގާނެކަމަށް ވިދާޅުވިއެވެ.

މިވަގުތަކީ ރިކަރަންޓް އެކްސްޕެންޑިޗަރ ހުއްޓާލަންވީ ވަގުތު، ޕީއެސްއައިޕީ މަޝްރޫއުތައް މަޑުޖައްސާލަންވީ ވަގުތު. އެކަމކަު މިފެންނަނީ 700 މިލިއން ޑޮލަރު ނަގައިގެން ބްރިޖެއް އަޅަން އުޅޭ ތަން. 80 މިލިއަން ޑޮލަރު ނަގައިގެން ކްރިކެތް ސްޓޭޑިއަމެއް އަޅަން އުޅޭތަން. މިއީ އަމުދަކުން ދިވެހިން ކުޅޭ އެއްޗެއްވެސް ނޫނޭ!

ދިވެހި އިގްތސާދު ސަލާމަތްކުރުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި ސަލާމަތް ކުރައްވަން އުޅުއްވާނަމަ، މިފަދަ ކަންކަން މިގޮތަށް ނުކުރާނެކަމަށް ވިދާޅުވިއެވެ. އެެންމެ ފުރަތަމަ ދުވަހުވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަޑުއައްސަވާނީ ސިއްހީ މާހިރުންގެ ބަސް ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ސިއްހީ މާހިރުންގެ ލަފަޔާއިއެކު، ކޮވިޑާއިއެކު އިގްތިސާދީ ހީނަރުކަން އަންނާނެކަން ގަބޫލުކޮށް، އިގްތިސާދީ މާހިރުންގެ ލަފާ އައްސަވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އިގްތިސާދީ މައްސަލަތަކާއެކު، އިޖްތިމާއީ މައްސަލަތައް އަންނާނެ ކަމަށާއި މިއީ ހަމައެކަނި ސިއްހީ ގޮންޖެހުންތަކެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށް ކާނަލް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: