ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިސްލާމްދީނުގެ އަސާސްތަކަށް ފުށުއަރާފަދަ ޢަމަލުތަކާއި ބަސްތައް ނަޝީދުގެ ފަރާތުން ފެންނާތީ ހިތާމަކުރަން”

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކްރިމަސް ފާހަގަ ކުރަމުން ގެންދާ މީހުންނަށް ކްރިމަސްގެ ތަހްނިޔާ ކިޔައި މިއަދު ޓްވީޓެއް ކުރެއްވުމުން ޢަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މީގެ ކުރިން އަދި އެއްވެސް އަހަރަކު ކްރިމަސް ފާހަގަ ކުރާ ފަރާތްތަކަށް ތަހްނިޔާ ކިޔައި ޓްވީޓެއް ނުކުރައްވައެވެ. ނަމަވެސް މިއަދު މެންދުރުފަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ކްރިމަސް ފާހަގަ ކުރަމުން ގެންދާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ.

ނަޞާރާއިންގެ ދީނީ އީދެއް ކަމުގައިވާ ކްރިމަސް ފާހަގަ ކުރާ މީހުންނަށް ރައީސް ނަޝީދު މިއަދު ތަހްނިޔާ ފޮނުވާފައި މިވަނީ ކްރިސްމަސް ފާހަގަކުރުމާއި އަދި އެދުވަހުގެ ތަހުނިޔާ ކިޔުންވެސް މުސްލިމުންނަށް ހުއްދަވެގެން ނުވާކަމަށް ބަޔާންކޮށް ރާއްޖޭގެ 13 ދީނީ އިލްމުވެރިޔަކު ބައިވެރިވެވަޑައިގެން “ކްރިސްމަސް، ދީނީ ނަޒަރަކުން” ގެ ނަމުގައި ވީޑިއޯއެއް މިއަދު އާންމުކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމުންގެ ބަޔަކު އެ ބޭފުޅަކަށް ލޯ މަރައިގެން ސަޕޯޓުކުރައްވާ ކުރީގެ ރައީސެއްގެ ފަރާތުން ކެނޑިނޭޅި، ތަކުރާރުކޮށް އިސްލާމްދީނުގެ އަސާސްތަކާއި، އުސޫލުތަކާއި ފުށުއަރާފަދަ ޢަމަލުތަކާއި ބަސްތައް ފެންނަމުންދާ ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

މިއަދު އިލްމުވެރިން އާއްމުކުރި ވީޑިއޯގައި ވަނީ ގުރްއާނާއި ސުންނަތާއި އަދި އުއްމަތުގެ ބޮޑެތި އެތައް އެތައް ދަންނަބޭކަލުންނާ ހަވާލާދެއްވާ، ކްރިސްމަސް ފާހަގަ ކުރުމަކީ މުސްލިމުންގެ އެއްކައުވަންތަކަމުގެ އަގީދާއާއި ފުށުއަރާ ކަމެއްކަން ބަޔާންކޮށް އަދި އެއީ މުސްލިމުން ބައިވެރިވުން ހުއްދަވެގެންވާ ދުވަހެއް ނޫންކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: