ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިވެނި ޕާޓީން ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައި - ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކައިވެނީގެ ހަފްލާއަކަށް ދިޔަ މީހުންގެ ތެރެއިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޝީ ބިލްޑިންގްގައި ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިއެވެ

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.މަރިޔަމް ނަޒްލާ ރަފީގު ވިދާޅުވީ ކައިވެނި ޕާޓީ އާއި ގުޅިގެން ފުރަތަމަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި 25 ވަނަ ދުވަހު 12 މީހުން 26 ވަނަ ދުވަހު 21 މީހުން އަދި މިއަދު އަށް މީހުން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މި ކޭސް އާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 116 ފަރާތެއް ދެނެގަނެވިފައިވާ ކަމަށާއި އިތުރު މީހުން ހޯދުމަށް އަދިވެސް މަސައްކަތް ކުރެވެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: