ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކޭއިން އައި މީހާ ޕޮޒިޓިވް، އާ ސްޓްރެއިންއާ ގުޅުން އޮތްކަމެއް އަދި ނޭނގޭ: އެޗްއީއޯސީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ވިލާތުން އައިފަހުން ޕޮޒިޓިވްވި މީހާއާއި، އެގައުމުން އަލަށްފެނުނު ސްޓްރެއިން އާއިގުޅުން އޮތްކަމެއް އަދި ނޭގޭ ކަމުގައި ހެލްތު އެމެޖެންސީ އޮފަރެޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޮސީން މީގެ ކުރިން ބުނީ މިދިޔަ އާދީއްތަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ

ކައިވެނި ހަފްލާއާ ގުޅިގެން އެންމެ ފުރަތަމަ މީހެއް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އަދި އޭގެ ފަހުން މިހާތަނަށް 41 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔޫކޭ އިން އައި މީހަކު އެ ޕާޓީއަށް ދިޔަ ކަމަށާއި، އަދި އޭނާ އެ ޕާޓީގައި ބައިވެރިވިއިރު ބަލީގެ އަލާމާތް ހުއްޓެވެ.

ނަމަވެސް އެޗްއީއޯސީން މިއަދު ބުނީ މިފަހުން ޔޫކޭ އިން އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ އަކީ ޕާޓީގެ ކްލަސްޓާގައި ހިމެނޭ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށާއި ނަމަވެސް އޭނާ ރާއްޖެ އައީ ޕާޓީގެ ފަހުން ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްއީއޯސީން ބުނީ އޭނާ މާލެ އައި ފަހުން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އެއީ ޔޫކޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑްގެ އާ ސްޓްރެއިންގެ ކޭސް އެއްކަން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: